Advertisement
ކ. މާލެ
|
7 ޖުލައި 2017 | ހުކުރު 17:55
 ޕީޕީއެމްގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ)
ޕީޕީއެމްގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ)
މުހައްމަދު އަފްރާހު / ސަން އޮންލައިން
މަސީހުގެ އިތުބާރުގެ މައްސަލަ
ފަހު ނޭވައަށް ދަންދެެން ރައީސް ޔާމީނާއި އެކު ހުންނާނަން: އަދުރޭ
ސިޔާސީ މައިދާނަށް ނުކުންނެވީ ވެސް ރައީސް ޔާމީނާއެކު
ނަޝީދު، މައުމޫނު، ގާސިމްގެ ފަހަތަށް ދުވަހަކުވެސް ނާރާނަން

ފަހުނޭވަޔާ ޖެހެންދެން ވެސް ހުންނަވާނީ ރައީސް އަބްދުﷲ ޔާމީނާއިއެކުގައިކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.

 

އަބްދުއްރަހީމް އަބްދުﷲ ހުކުރުދުވަހު ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ، ރައީސް މައުމޫން އަބްދުލް ގައްޔޫމާއި ރައީސް މުހައްމަދު ނަޝީދުގެ އިތުރުން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ ފަހަތްޕުޅަށް ދުވަހަކު ވެސް އަރާވަޑައިނުގަންނަވާނެކަމަށެވެ.

 

 

އަބްދުއްރަހީމް ވިދާޅުވީ އޭނާ ސިޔާސީ މައިދާނަށް ނުކުންނެވީ ވެސް ރައީސް ޔާމީނާއެކު ކަމަށެވެ. އެހެންކަމުން ސިޔާސީ މައިދާނުން ދުރަށް ވަޑައިގަންނަވާނީ ވެސް ރައީސް ޔާމީނާއެކު ކަމަށް އޭނާ ވިދާޅުވި އެވެ.

 

އޭނާ ވިދާޅުވީ "އަޅުގަނޑުމެން މިތިބީ ވަރަށް ސާބިތުކަމާއެކު" ރައީސް ޔާމީންގެ ފަހަތްޕުޅުގައި ކަމަށާއި މާތްﷲ އިރާދަކުރެއްވިއްޔާ އެ ޓީމް ބަލި ނުކުރެވޭނެ ކަމަށެވެ.  އަދުރޭ ވަނީ މި ޓްވީޓްތައް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަޚްލޫފަށް ޓެގް ކުރައްވާފައެވެ.

 

 

އަދުރޭ މިފަދައިން ވިދާޅުވެފައި މިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުގެ އިތުބާރު ނެތް ކަމަށް ހުށަހެޅި މައްސަލާގައި ޕީޕީއެމްގެ ދިހަ މެމްބަރުން ސޮއިކުރުމުން ކާމިޔާބު ލިބިއްޖެކަމަށް އިދިކޮޅު ފަރާތްތަކުން ބުނަމުން އަންނަ ދަނޑިވަޅެއްގައެވެ.

 

މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލާގައި ސޮއިކުރެއްވި ބައެއް މެމްބަރުން ވަނީ އޭގައި ވަނީ އެބޭފުޅުންގެ ސައްޙަ ސޮއި ކަމަށް ވިދާޅުވެ، އިސްލާހީ މަސައްކަތުގައި ދެމިތިއްބަވާނެކަމަށް އިއުލާން ކުރައްވާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް
7 ޖުލައި 2017 | ހުކުރު 22:53
ބާލް
ތިހެން ބުނި ހާމާނުވެސް.. ފަހުވަގުތު ހަޒާނާގަ ބެއްދީ . ސޭމް ޔޫ ވަގުސޮއި އޮން ޗެކު
7 ޖުލައި 2017 | ހުކުރު 22:53
ބާލް
ތިހެން ބުނި ހާމާނުވެސް.. ފަހުވަގުތު ހަޒާނާގަ ބެއްދީ . ސޭމް ޔޫ ވަގުސޮއި އޮން ޗެކު
7 ޖުލައި 2017 | ހުކުރު 18:19
ދިރާސާ
Kalo gennan meehaku noolhey!.. pakaas