Advertisement
ކ. މާލެ
|
20 އޭޕްރިލް 2023 | ބުރާސްފަތި 12:45
ވިލިމާލެ ފެރީ ޓާމިނަލް
ވިލިމާލެ ފެރީ ޓާމިނަލް
ރާއްޖެއެމްވީ
ފެރީ ގަޑިތަކަށް ބަދަލު އައުން
އީދު ދުވަހު އެމްޓީސީސީގެ ފެރީ ގަޑިތަކަށް ބަދަލުތަކެއް
ވިލިމާލެ ފެރީ ދަތުރުގެ ހިދުމަތް ހެނދުނު 7:00ން ފެށިގެން 8:15ށް މެދު ކަނޑާލެވޭނެ
މާލެއިން ތިލަފުއްޓަށް ފުރަތަމަ ދަތުރު އޮންނާނީ 8:30 ގައި، ތިލަފުށިން މާލެއަށް ފުރަތަމަ ދަތުރު އޮންނާނީ 9:00 ގައި
އީދު ނަމާދަށް ހުޅުމާލެ ޕްރިމިއަމް ފެރީގެ ހިދުމަތް ހެނދުނު 7:00ން 8:30ށް މެދުކަނޑާލެވޭނެ

ފިތުރު އީދު ދުވަހު އެމްޓީސީސީން ދެމުން އަންނަ ފެރީގެ ހިދުމަތަށް ބައެއް ބަދަލުތަކެއް ގެނެސްފިއެވެ.

އެމްޓީސީސީން ބުނީ ފިތުރު އީދު ދުވަހުގެ އީދު ނަމާދަށް މާލެއާއި ވިލިމާލެއާއި ދެމެދު ކުރެވޭ ފެރީ ދަތުރުގެ ހިދުމަތް ހެނދުނު 7:00ން ފެށިގެން 8:15ށް މެދު ކަނޑާލެވޭނެކަމަށެވެ.

މީގެ އިތުރުން ފިތުރު އީދު ދުވަހު ތިލަފުށީ ފެރީ ދަތުރުތައް ކުރުމަށް ހަމަޖެހިފައިވާ ގަޑިތަކަށް ބަދަލު ގެނެސްފައިވާ ކަމަށް އެމްޓީސީސީން ބުނެއެވެ. އެގޮތުން، މާލެއިން ތިލަފުއްޓަށް ފުރަތަމަ ދަތުރު އޮންނާނީ 8:30 ގައި ކަމަށާއި، ތިލަފުށިން މާލެއަށް ފުރަތަމަ ދަތުރު އޮންނާނީ 9:00 ގައި ކަމަށް އެމްޓީސީސީން ބުނެއެވެ.

Advertisement

އެމްޓީސީސީން ބުނީ ފިތުރު އީދު ދުވަހުގެ އީދު ނަމާދަށް ހުޅުމާލެ ޕްރިމިއަމް ފެރީގެ ހިދުމަތް ހެނދުނު 7:00ން 8:30ށް މެދުކަނޑާލެވޭނެ ކަމަށެވެ.

ފަލަކީ ހިސާބުތަކުން ދައްކާގޮތުން، މިއަދަކީ ރަމަޟާން މަހުގެ ފަހު ދުވަހެވެ. އަދި މިއަހަރުގެ ފިތުރު އީދު ދުވަސް ވާނީ މާދަމާއަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް