Advertisement
ކ. މާލެ
|
20 އޭޕްރިލް 2023 | ބުރާސްފަތި 07:28
ގުރައިދޫ ދާއިރާގެ ބައި އިލެކްޝަންގައި ވޯޓުލަނީ
ގުރައިދޫ ދާއިރާގެ ބައި އިލެކްޝަންގައި ވޯޓުލަނީ
އެމްޑީޕީ
ގުރައިދޫ ދާއިރާގެ ބައި އިލެކްޝަން
ގުރައިދޫ ދާއިރާގެ ބައި އިލެކްޝަންގެ ރަސްމީ ނަތީޖާ އިއުލާންކޮށްފި
މިއީ ގުރައިދޫ ދާއިރާގެ ގޮނޑި އެމްޑީޕީއަށް ކާމިޔާބުކުރެވުނު ފުރަތަމަ ފަހަރު
މިދާއިރާގެ ގޮނޑި ކާމިޔާބުކުރައްވާފައިވަނީ އެމްޑީޕީގެ ކެންޑިޑޭޓް އިބްރާހީމް ޝާޒް

އޭޕްރީލް މަހުގެ 15 ވަނަ ދުވަހު ބޭއްވި ކ.ގުރައިދޫ ދާއިރާގެ ބައި އިލެކްޝަންގެ ދާއިމީ ނަތީޖާ އިލެކްޝަންސް ކޮމިޝަން (އީސީ)ން އިއުލާންކޮށްފިއެވެ.

އިންތިޚާބުގެ ދާއިމީ ނަތީޖާ އިން ދައްކާގޮތުގައި ޕީޕީއެމްގެ ކެންޑިޑޭޓް ޙުސައިން ރިޒާ އާދަމް އަށް ލިބިވަޑައިގަންނަވާފައިވަނީ 1226 ވޯޓެވެ. އެއީ ވޯޓުލީ މީހުންގެ 45.51 އިންސައްތައެވެ. އެމްޑީޕީގެ ކެންޑިޑޭޓް އިބްރާހީމް ޝާޒް އަށް ލިބިވަޑައިގަންނަވާފައިވަނީ 1346 ވޯޓެވެ. އެއީ ވޯޓުލީ މީހުންގެ 49.96 އިންސައްތައެވެ. އެމްއެންޕީގެ ކެންޑިޑޭޓް ޢަލީ ޢަރީފް އަށް ލިބިވަޑައިގެންނެވީ 122 ވޯޓެވެ. އެއީ ވޯޓުލީ މީހުންގެ 4.53 އިންސައްތައެވެ. އެހެންކަމުން އިންތިޚާބު ކާމިޔާބުކުރައްވާފައިވަނީ އެމްޑީޕީގެ ކެންޑިޑޭޓް އިބްރާހީމް ޝާޒެވެ.

މިއިންތިޚާބުގައި 3423 މީހުންނަށް ވޯޓުލެވޭއިރު 2755 މީހުން ވަނީ ވޯޓުލާފައެވެ.

Advertisement

ގުރައިދޫ ދާއިރާގެ ގޮނޑި އެމްޑީޕީން ކާމިޔާބުކޮށްފައިވާއިރު މިއީ މިގޮނޑި އެމްޑީޕީއަށް ކާމިޔާބުކުރެވުނު ފުރަތަމަ ފަހަރެވެ. ފާއިތުވި 14 އަހަރު އެގޮނޑި ފުރުއްވަމުން ގެންދެވީ ޕީޕީއެމްގެ މެންބަރު އިބްރާހީމް ރިޒާއެވެ. މިދާއިރާގެ ބައި އިލެކްޝަން ބާއްވާފައިވަނީ ރިޒާ އަވަހާރަވުމާއި ގުޅިގެންނެވެ.

މިދާއިރާގެ ގޮނޑި އެމްޑީޕީއަށް ކާމިޔާބުވުމާއެކު ރައްޔިތުންގެ މަޖިލީހުގައި ތިއްބަވާ އެމްޑީޕީގެ މެންބަރުންގެ އަދަދު ވަނީ 68ށް އަރާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް