ކ. މާލެ
|
18 އޭޕްރިލް 2023 | އަންގާރަ 10:58
ހައްޖުވެރިން=
ހައްޖުވެރިން=
ހައްޖު ކޯޕަރޭޝަން
1440 ވަނަ އަހަރުގެ ހައްޖު
"1440 ވަނަ އަހަރު ހައްޖު ދަތުރަށް ދައުލަތުގެ ބަޖެޓުން ހޭދަކޮށްފައެއް ނުވާނެ"
މުޠައްވިފަށް ކޮށްފައިވާ ފައިސާގެ ޢަދަދަކީ 16261582.02
މަދީނާގެ ހޮޓަލަށް ޚަރަދުކޮށްފައިވާ އަދަދަކީ 35748250

1440 ވަނަ އަހަރު ހައްޖު ކޯޕަރޭޝަންގެ ދަތުރަށް ދައުލަތުގެ ބަޖެޓުން ހޭދަކޮށްފައެއް ނުވާނެކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

އިސްލާމިކް މިނިސްޓްރީން އެފަދައިން ބުނެފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު، މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑޮކްޓަރ އަޙްމަދު ޒާހިރުއާ ލިޔުމުން ޖަވާބު ހޯއްދެވުމަށް ކުރައްވާފައިވާ ސުވާލަކަށް ދެއްވި ޖަވާބުގައެވެ. އެ ސުވާލަކީ 1440 އަހަރުގެ ޙައްޖު ދަތުރުގައި ޙައްޖު ކޯޕަރޭޝަނުން މައްކާ އަދި މަދީނާގެ ހޮޓަލަށް ކުރި ޚަރަދުތަކުގެ ތަފްޞީލާއި، ކޮންމެ ހޮޓަލެއްގައި ހޭދަވި ދުވަހުގެ ތަފްސީލް ސާފުކުރުމަށް ކުރައްވާފައިވާ ސުވާލެކެވެ. އަދި މުޠައްވިފަށް ދެއްކި ފައިސާގެ ޢަދަދާއި، ޙައްޖަށް ދިޔުމަށް ޢާންމުން ދެއްކި ފައިސާގެ އިތުރުން މި ދަތުރަށް ދައުލަތުގެ ބަޖެޓުން ޚަރަދުކޮށްފައިވާ ނަމަ ދައުލަތުގެ ބަޖެޓުން ޚަރަދުކުރި މިންވަރުގެ ތަފްޞީލުތަ ހިއްސާކޮށްދެއްވުމަށް ވަނީ އެދިވަޑައިގަންނަވާފައެވެ.

ޖަވާބުގައި މިނިސްޓަރު ވިދާޅުވެފައި ވަނީ 1440 ވަނަ އަހަރުގެ ހައްޖު ދަތުރުގައި މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ ފަރާތުން މައްކާގެ ހޮޓަލަށް ކުރި ޚަރަދުގެ ޖުމުލަ އަގަކީ 34،576،995.62 (ތިރީސް ހަތަރު މިލިއަން ފަސް ލައްކަ ހަތްދިހަ ހަ ހާސް ނުވަ ސަތޭކަ ނުވަދިހަ ފަސް ރުފިޔާ ފަސްދޮޅަސް ލާރި) ކަމަށެވެ. އަދި 1440 ވަނަ އަހަރުގެ ހައްޖު ދަތުރުގައި މައްކާގައި ހޭދަކޮށްފައި ވަނީ 28 ދުވަސް ކަމަށް ވިދާޅުވެފައިވެއެވެ. އެ ޖަވާބުގައި ވިދާޅުވެފައި ވަނީ 1440 ވަނަ އަހަރުގެ ޙައްޖު ދަތުރުގައި ޙައްޖު ކޯޕަރޭޝަނުން މަދީނާގެ ހޮޓަލަށް ޚަރަދުކޮށްފައިވާ އަދަދަކީ 3،574،802.50 (ތިން މިލިއަން ފަސް ލައްކަ ހަތްދިހަ ހަތަރުހާސް އަށް ސަތޭކަ ދެ ރުފިޔާ ފަންސާސް ލާރި) ކަމަށެވެ. 1440 ވަނަ އަހަރުގެ ޙައްޖު ދަތުރުގައި މަދީނާގެ ހޮޓެލްގައި ހޭދަ ކުރީ ދެ ދުވަސް ކަމަށް ވެސް އެ ޖަވާބުގައި ވިދާޅުވެފައިވެއެވެ.

އެ އަހަރު މުޠައްވިފަށް ކޮށްފައިވާ ފައިސާގެ ޢަދަދަކީ 16261582.02 (ސޯޅަ މިލިއަން ދެ ލައްކަ ސާޅީސް އެއްހާސް ފަސް ސަތޭކަ އަށްޑިހަ ދެ ރުފިޔާ ދެ ލާރި) ކަމަށް އެ ޖަވާބުގައި ވިދާޅުވެފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް