ކ. މާލެ
|
15 އޭޕްރިލް 2023 | ހޮނިހިރު 16:22
ގުރައިދޫ ދާއިރާގެ ބައި އިލެކްޝަން ކުރިއަށްދަނީ
ގުރައިދޫ ދާއިރާގެ ބައި އިލެކްޝަން ކުރިއަށްދަނީ
އެމްޑީޕީ
ގުރައިދޫ ދާއިރާގެ ބައި އިލެކްޝަން
ގުރައިދޫ ދާއިރާގެ ވޯޓުލުމުގެ ވަގުތު 5:00 އަށް އިތުރުކޮށްފި
މިހާތަނަށް ވޯޓު ލާފައިވަނީ 1766 މީހުން
ވަގުތު އިތުރު ކުރީ ހަވީރު 5:00 އާހަމައަށް
48.41 އިންސައްތަ މީހުން އަދި ވޯޓް ނުލާ

މިހާރު ކުރިއަށްދާ ކ. ގުރައިދޫ ބައި އިލެކްޝަނުގައި ވޯޓުލުމުގެ ވަގުތު އިތުރުކޮށްފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ ވޯޓު ނެގުމަށްފަހު ހަމަޖެހިފައިވާ ވަގުތުގައި މޫސުން ގޯސްވުމުގެ ސަބަބުން ވޯޓުލާން ދިއުމަށް ދަތިވެފައިވާތީ ވަގުތު އިތުރު ކުރަން ނިންމީ ކަމަށެވެ. އެގޮތުން މިއަދު ހަވީރު 5:00 އާ ހަމައަށް ވަގުތު އިތުރު ކޮށްފައިވާ ކަމަށް އެ އިދާރާއިން ބުންޏެވެ.

އީސީން އާއްމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުގައި މިއަދު މެންދުރު 2:00 އާ ހަމައަށް ވޯޓު ލާފައިވަނީ 1766 މީހުންނެވެ. އެއީ 910 ފިރިހެނުންނާއި 856 އަންހެނުންނެވެ.

ގުރައިދޫ ދާއިރާގެ ބައި އިލެކްޝަންގައި 3423 މީހުންނަށް ވޯޓު ލުމުގެ ޙައްގު ލިބިގެންވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް