ރާއްޖޭގެ އަގުބޮޑު ޤުރުއާން މުބާރާތް ކަމަށްވާ "ރަންތާޖު" ޤުރުއާން މުބާރާތުގެ ފަސް ވަނަ ބުރަށް ދަތުރުކުރާ 9 ބައިވެރިން އިއުލާންކޮށްފިއެވެ.
ހުކުރު ދުވަހުގެ ރޭ އޮތް މުބާރާތުގެ ހަތަރު ވަނަ އެޕިސޯޑުގައި، މުބާރާތުގެ ކުރިއަށް އޮތް ބުރަށް ދަތުރުކުރާ ބައިވެރިންގެ ގޮތުގައި އިއުލާންކޮށްފައި ވަނީ
1) ޔައީޝް މުހައްމަދު ނިޔާޒް، މާލެ
2) މުހައްމަދު ސާއީ މުބާރިކް، ނ. ހޮޅުދޫ
3) އަބްދުﷲ ތާލިބު، މަރަދޫ
4) އަހުމަދު ސުޖާއު، ހއ. ހޯރަފުށި
5) މުހައްމަދު މުސްތަފާ، ބ. އޭދަފުށި
6) ދަހްލާން މުހައްމަދު ރިޒާ، ށ. ފުނަދޫ
7) މަރިޔަމް އަރީން އީސާ، ކ. ކާށިދޫ
8) މަރިޔަމް ޒަހުވާ އާދިލް، މާލެ
9) ފާތިމަތު ތުގާ ހަލީމް، މާލެ
![](https://dyncz33htw1ec.cloudfront.net/posts/3ab54645-14dd-4de9-9065-96d2d887a21f.png)
މުބާރާތުގައި ކުރިއަށް ދިއުމުގެ ފުރުސަތު ލިބުނު ހުރިހާ ބައިވެރިން ވެސް ތިބީ ވަރަށް އުންމީދާއި އެކުގައެވެ. ބައިވެރިން ވަނީ ފުރުސަތު ލިބިއްޖެ ނަމަ އިތުރަށް މަސައްކަތް ކޮށް މުބާރާތުގައި ރަނގަޅު ނަތީޖާ އެއް ހޯދުމަށް މަސައްކަތް ކުރާނެ ކަމަށް ބުނެފައެވެ. އަދި މުބާރާތުގެ މި ހިސާބަށް އާދެވުމަކީ ވެސް ލިބުނު ކުރިއެރުމެއް ކަމަށް ގިނަ ބައިވެރިން ފާހަގަކުރެއެވެ. ބައިވެރިން ވަނީ ރަންތާޖު ޤުރުއާން މުބާރާތުގެ ތެރެއިން ވަރަށް ގިނަ ކަންކަން ދަސްވިކަމަށް ބުނެފައެވެ.
![](https://dyncz33htw1ec.cloudfront.net/posts/34485bd6-497b-4f61-b330-4efa7cd32e10.png)
ރަންތާޖު ޤުރުއާން މުބާރާތުގެ 10 ވަނަ ބައިވެރިއަކަށް ހޮވިފައި ވަނީ އާމިލާ މުހައްމަދު، މ. މުލައްއެވެ. އަދި މުބާރަތުގެ 11 ވަނަ ބައިވެރިއަކީ މަރިޔަމް މާއިސާ އިބްރާހީމް، ރ. ކަނދޮޅުދޫއެވެ. އެ ދެ ބައިވެރިންނަށް އިނާމް ހުށަހަޅާފައި ވަނީ މެކްސްކޮމް ޓެކްނޮލޮޖީސް، ބެސްޓް ބައި މޯލްޑިވްސް، އަދި ޕޮއިސް ޕަރފިއުމްސްގެ ފަރާތުންނެވެ. ވަކިވި ދެ ބައިވެރިން ވެސް ވަނީ މުބާރާތުގައި އެ ބައިވެރިންނަށް އެހީތެރިވެދިން ފަރާތްތަކަށް ވަރަށް ބޮޑަށް ޝުކުރު އަދާކޮށްފައެވެ.
![](https://dyncz33htw1ec.cloudfront.net/posts/09e10d37-e315-4931-8631-799ac1710cdf.png)
ރަމަޟާން މަހުގެ ކޮންމެ ހުކުރު ދުވަހެއްގެ ރޭ 9:30ގައި ރާއްޖެ ޓީވީން ގެނެސްދޭ މި މުބާރާތަކީ އަގުހުރި އިނާމްތަކަކާއި އެކު ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. އެގޮތުން މުބާރާތުގެ އެއްވަނައަށް ދާ ފަރާތަކަށް 3 ލައްކަ ރުފިޔާ، ދެވަނައަށް ދާ ފަރާތަކަށް 1 ލައްކަ ރުފިޔާ، އަދި ތިންވަނައަށް ދާ ފަރާތަކަށް 75000 ރުފިޔާ ލިބޭނެއެވެ. ރާއްޖެ ޓީވީއާއި ޔޫތު މިނިސްޓްރީ އަދި އިސްލާމިކް މިނިސްޓްރީ ގުޅިގެން ކުރިއަށް ގެންދާ މި ޕްރޮގްރާމް ކުރިއަށް ދަނީ 6 އެޕިސޯޑަށް ބަހާލައިގެންނެވެ.