ކ. މާލެ
|
14 އޭޕްރިލް 2023 | ހުކުރު 15:15
ދީމާއާއި ރަފާ އެއް ސްޓޭޖެއްގައި
ދީމާއާއި ރަފާ އެއް ސްޓޭޖެއްގައި
އެމްއޯސީ
ޓީޓީ ވޯލްޑް ޗެމްޕިއަންޝިޕް
ދީމާއާއި ރަފާ އަނެއްކާވެސް ރާއްޖެ ފަޚުރުވެރިކޮށްދީފި، ވޯލްޑް ޗެމްޕިއަންޝިޕް ފައިނަލްގައި ވާދަކުރާނެ!
މުބާރާތް އޮންނާނީ އަންނަ މަހު ސައުތް އެފްރިކާގައި

ރާއްޖޭގެ އެއްވަނަ އަންހެން ޑަބަލްސް ޓީޓީ ޕެއަރ ފާތިމަތު ދީމާ އަލީއާއި, އައިޝަތު ރަފާ ނާޒިމް އަނެއްކާވެސް ރާއްޖެ ފަޚުރުވެރިކޮށްދީފިއެވެ.

ކުޅިވަރުން ރާއްޖެއަށް ފަޚުރުވެރި ރަން ވަނަތައް ހޯދައިދެމުން އަންނަ ޒުވާން ދެ ކުޅުންތެރިން މިފަޚަރު ރާއްޖެ ފަޚުރުވެރިކޮށްދިނީ ޓީޓީގެ ދުނިޔޭގެ މުބާރާތް, ވޯލްޑް ޗެމްޕިއަންޝިޕްގެ ފައިނަލަށް ކޮލިފައިވެގެންނެވެ. ރާއްޖޭގެ ޕެއަރގެ އިތުރުން އޭޝިޔާއިން އަންހެން ޑަބަލްސް ކެޓަގަރީން މުބާރާތަށް ކޮލިފައިވީވެސް އިންޑިޔާއެވެ. އިންޑިޔާގެ ދެ ޕެއަރ ކޮލިފައިވިއެވެ. މިމުބާރާތް އޮންނާނީ ސައުތް އެފްރިކާގެ ޑާބަންގައި އަންނަ މަހުގެ 20-28 އަށެވެ. މިއީ އިންޓަރނޭޝަނަލް ޓޭބަލް ޓެނިސް ފެޑަރޭޝަންގެ އެންމެ ބޮޑު މުބާރާތެވެ.

މިއީ ވަރަށް ބޮޑު ކާމިޔާބީއެއް. އަނެއްކާވެސް ދީމާއާއި ރަފާ ރާއްޖެ ފަޚުރުވެރިކޮށްދީފި.
ޓޭބަލް ޓެނިސް އެސޯސިއޭޝަން

ދީމާއާއި ރަފާވެސް އަންނަނީ ރާއްޖެއިން ބޭރުގައި ތަމްރީނު ހޯދަމުންނެވެ. ދެ އެތްލީޓުންނަށްވެސް ވަނީ ޔޫތް މިނިސްޓްރީގެ އަރުތަ ޕްރޮގްރާމުން ފުރުޞަތު ދީފައެވެ. ޒުވާން މިދެ ކުޅުންތެރިންނަކީ ދިގު އަހަރުތަކެއް ވަންދެން ރާއްޖެއަން ރަން ވަނަތައް ހޯދައިދިނުމުގައި ދެމިތިބޭނެ ދެ ކުޅުންތެރިންކަން ކުޅިވަރު އާއިލާއިން ފާހަގަކުރެއެވެ. އެއީ މިހާރުވެސް ޓީޓީގައި ރާއްޖޭގެ ރޭންކިންގެ އެއްވަނަ އަދި ދެވަނައެވެ. ސިންގަލްސް ފައިނަލްތަކުގައި ވާދަކުރާ ދެ ކުޅުންތެރިންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ގަޑިއިރު ކުރި
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް