ކ. މާލެ
|
14 އޭޕްރިލް 2023 | ހުކުރު 08:41
އިދިކޮޅު މުޒާހަރާގެ ބައިވެރިން ބަހަށް ހުރަސް އަޅަނީ
އިދިކޮޅު މުޒާހަރާގެ ބައިވެރިން ބަހަށް ހުރަސް އަޅަނީ
ރާއްޖެއެމްވީ
މުޒާހަރާގެ ބައިވެރިން ޓްރެފިކަށް ހުރަސްއެޅުން
މުޒާހަރާގެ ބައިވެރިން ބަސް ދަތުރަށް ހުރަސް އަޅާތީ އެކަން ހުއްޓުވައިދޭން ފުލުހުންގެ ކިބައިން އެދެފި
ބަސް ހުއްޓުވާ އިދިކޮޅު މުޒާހަރާގެ ބައިވެރިން އަޑުގަދަކުރާ މަންޒަރު ފެންނަ ވީޑިއޯ އެއް ވަނީ މީސްމީޑިއާގައި ދައުރުވެފައި

އިދިކޮޅު ޕީޕީއެމްގެ މުޒާހަރާގެ ބައިވެރިން ބަސް ދަތުރަށް ހުރަސް އަޅާތީ އެމްޓީސީސީއިން ކަންބޮޑުވުން ފާޅުކޮށް، އެކަން ހުއްޓުވާ ދިނުމަށް އެދެފިއެވެ.

ބަސް ހުއްޓުވާ އިދިކޮޅު މުޒާހަރާގެ ބައިވެރިން އަޑުގަދަކުރާ މަންޒަރު ފެންނަ ވީޑިއޯ އެއް ވަނީ މީސްމީޑިއާގައި ދައުރުވެފައެވެ. އެ ވީޑިއޯ ހިއްސާކުރައްވާ އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިދިކޮޅު ޕީޕީއެމް، ޕީއެންސީން ބާއްވަމުން އަންނަ ސިލްސިލާ މުޒާހަރާތަކުގައި ޓްރެފިކަށް ހުރަސް އެޅުމަކީ އާއްމު ކަމަކަށް ވެފައިވާ ކަމަށެވެ. އެކަމުގެ ސަބަބުން ވަކި ގަޑިތަކަކަށް ތަންތަނަށް އާއްމުން ގެންދަން ދަތިވާ ކަމަށް ވެސް އާޒިމް ވަނީ ވިދާޅުވެފައެވެ.

އާޒިމް ވަނީ އެގޮތަށް އަމަލު ނުކުރުމަށް އިލްތިމާސްކުރައްވާފައެވެ. އަދި އެފަދަ އަމަލުތައް ހިންގާ ޢާންމުންނަށް އުނދަގޫވާނެހެން ޢަމަލުކުރަމުންދާ މީހުންނަށް ފިޔަވަޅު އަޅައި ދިނުމަށާއި އެކަން އިސްލާޙުކުރުމަށް އޭނާ ވަނީ ފުލުހުންގެ ކިބައިން އެދިވަޑައިގަންނަވާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް