ކ. މާލެ
|
13 އޭޕްރިލް 2023 | ބުރާސްފަތި 14:58
ކ. ގުޅީ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢު
ކ. ގުޅީ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢު
އެމްޓީސީސީ
ގުޅީ ބިން ހިއްކުން
ގުޅީ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފަށައިފި
މިހާރު ކުރިއަށްދަނީ ބެޑް ޕްރިޕަރޭޝަން މަސައްކަތްތައް
ކ. ގުޅީގައި 10 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވޭ

ކ. ގުޅީ ބިންހިއްކުމުގެ އަމަލީ މަސައްކަތް ފަށާފައިވާކަމަށް މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ން ބުނެފިއެވެ.

އެމްޓީސީސީން ބުނީ، ކ. ގުޅީ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް 13 އޭޕްރީލް 2023 ވަނަ ދުވަހު ފެށިފައިވާ ކަމަށެވެ. މި މަޝްރޫއުގެ މަސައްކަތް ފެށުމަށް ސައިޓުތައް މޮބިލައިޒް ކޮށްފައިވަނީ މިދިޔަ ހޮނިހިރު ދުވަހުއެވެ.

އަދި މިހާރު ކުރިއަށްދަނީ ބެޑް ޕްރިޕަރޭޝަން މަސައްކަތްތައްކަމަށް އެމްޓީސީސީން ބުނެއެވެ.

މި މަޝްރޫއުގެ ދަށުން ކ. ގުޅީގައި 10 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވެއެވެ.

އަދި ހިއްކާ ބިމުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ ގޮތުން 940 މީޓަރގެ ބޮޑުހިލައިގެ ރިވެޓްމަންޓާއި، 362 މީޓަރުގެ ޖިއޯބޭގް ރިވެޓްމަންޓާއި އަދި 88 މީޓަރުގެ ބޮޑުހިލައިގެ ގްރޮއިން ޖެހުމަސް ހަމަޖެހިފައިވެއެވެ.

މި މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 89،634،790.08 (އަށްޑިހަ ނުވަމިލިއަން ހަލައްކަ ތިރީސް ހަތަރުހާސް ހަތްސަތޭކަ ނުވަދިހަ ރުފިޔާ އަށް ލާރި) އަށެވެ. މި މަސައްކަތް 450 ދުވަހުގެ ތެރޭގައި ނިންމަންޖެހެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް