ކ. މާލެ
|
13 އޭޕްރިލް 2023 | ބުރާސްފަތި 12:24
ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު
ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު
ރައީސް އޮފީސް
އެފްކޮންސް ވިއްކާލުން
އެފްކޮންސް ވިއްކާލިޔަސް މަޝްރޫތަކަށް ބުރުލެއް ނާރާނެ: ސަރުކާރު
ޝެޑިއުލާ އެއްގޮތަށް މަސައްކަތް ކުރިއަށްދާކަމަށް ވިދާޅުވި
އެކި ހިސާބުތަކުގައި ޖަހަންޖެހޭ ތަނބުތައް ޖެހުމުގެ މަސައްކަތް ކުރިއަށްދޭ
ސަބްސިޑަރީ ކުންފުނިތަކާއި އެސެޓުތައް ވިއްކުމަކީ އާންމުކަމެއް

އެފްކޮންސްގެ ހިއްސާ އެހެން ކުންފުންޏަކުން ގަތުމަކީ އެ ކުންފުނިން ކުރަމުން އަންނަ މަސައްކަތަށް ބުރޫ އަރާނެ ކަމެއް ނޫންކަމަށް ދިވެހި ސަރުކާރުން ބުނެފިއެވެ.

ސަރުކާރުން އެހެން ބުނެފައިވަނީ އެފްކޮންސްގެ ހިއްސާ އެހެން ކުންފުންޏަކަށް ބަދަލު ކުރާކަމަށް ދެކެވޭ ވާހަކައާ ގުޅިގެން ނޫސްވެރިއަކު ކުރި ސުވާލެއްގެ ޖަވާބުގައެވެ.

ބުރާސްފަތި ދުވަހު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާނު މުޙައްމަދު ވިދާޅުވީ، ބްރިޖުގެ މަސައްކަތްވެސް ނުހުއްޓޭ ކަމަށާއި، އެކި ހިސާބުތަކުގައި ޖަހަންޖެހޭ ތަނބުތައް ޖެހުމުގެ މަސައްކަތް ކުރިއަށްދާކަމަށެވެ.

މިއުވާން ވިދާޅުވީ، ޝެޑިއުލާ އެއްގޮތަށް މަސައްކަތް ކުރިއަށްދާކަމަށެވެ.

އެފްކޮންސްގެ ހިއްސާ އެހެން ކުންފުންޏަކުން ގަތުމަކީ އެ ކުންފުނިން ކުރަމުން އަންނަ މަސައްކަތަށް ބުރޫ އަރާނެ ކަމެއް ނޫންކަން ފާހަގަ ކުރައްވައި މިއުވާން ވިދާޅުވީ، އެ ކުންފުންޏާއި ދިވެހި ސަރުކާރާއެކު ވެފައިވާ އެއްބަސްވުން ދެމި އޮންނާނެ ކަމަށެވެ.

މިއުވާން ވިދާޅުވީ، ދުނިޔޭގެ ބޮޑެތި ހޯލްޑިން ކުންފުނިތަކުން، އެކުންފުނީގެ ދަށުން ހިންގަމުން އަންނަ ސަބްސިޑަރީ ކުންފުނިތަކާއި އެސެޓުތައް ވިއްކުމަކީ އާންމުކަމެއް ކަމަށެވެ. މިސާލެއްގެ ގޮތުން ޓީއެމްއޭ ފާހަގަ ކުރެއްވިއެވެ.

ޓީއެމްއޭ ވެސް މިހާރު އެތައް ފަހަރަކު ވިއްކާލައިފި. އެކި ފަހަރު އެކި ޝެއާ ހޯލްޑަރުން.
ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާނު މުޙައްމަދު

ރާއްޖޭގައި މިހާތަނަށް ކުރިއަށްގެންދާ އުމްރާނީ ތަރައްގީގެ އެންމެ ބޮޑު ޕްރޮޖެކްޓްކަމުގައިވާ ގްރޭޓަރ މާލެ ކަނެކްޓިވިޓީ ޕްރޮޖެކްޓްގެ ތެރެއިން މާލެ އާއި ވިލިމާލެ ގުޅުވާލާ ބުރިޖުގެ މަސައްކަތްވެސް ކުރަމުންދަނީ އެފްކޮންސްއިންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް