ކ. މާލެ
|
12 އޭޕްރިލް 2023 | ބުދަ 14:20
ދ.މާއެނބޫދޫ ޞިއްޙީ މަރުކަޒުގެ އެކްސްޓެންޝަން ޢިމާރާތާއި، ލެބޯޓަރީ އަދި ޕޯރޓިކޯގެ މަސައްކަތް ބަޔަކާއި ހަވާލުކޮށްފި
ދ.މާއެނބޫދޫ ޞިއްޙީ މަރުކަޒުގެ އެކްސްޓެންޝަން ޢިމާރާތާއި، ލެބޯޓަރީ އަދި ޕޯރޓިކޯގެ މަސައްކަތް ބަޔަކާއި ހަވާލުކޮށްފި
ހެލްތު މިނިސްޓްރީ
ދ.މާއެނބޫދޫގެ ސިއްހީ ވަސީލަތްތައް
ދ.މާއެނބޫދޫ ޞިއްޙީ މަރުކަޒުގެ އެކްސްޓެންޝަން ޢިމާރާތާއި ލެބޯޓަރީ އަދި ޕޯރޓިކޯގެ މަސައްކަތް ބަޔަކާއި ހަވާލުކޮށްފި
އެ މަސައްކަތުގެ ޖުމްލަ އަގަކީ 4,757,755.00ރ (ހަތަރު މިލިޔަން ހަތްލައްކަ ފަންސާސް ހަތްހާސް ހަތްސަތޭކަ ފަންސާސްފަސް ރުފިޔާ)

ދ.މާއެނބޫދޫ ޞިއްޙީ މަރުކަޒުގެ އެކްސްޓެންޝަން ޢިމާރާތާއި، ލެބޯޓަރީ އަދި ޕޯރޓިކޯ ހެދުމުގެ މަސައްކަތް ކުރުމަށް ބަޔަކާއި ހަވާލުކޮށްފިއެވެ.

މިނިސްޓްރީ އޮފް ހެލްތުން އެ މަސައްކަތް ހަވާލުކޮށްފައި ވަނީ ޑީ.އެން.އެފް އިންޖިނިއަރިންގ ޕްރައިވެޓް ލިމިޓެޑާއެވެ.

އެ މަސައްކަތުގެ ޖުމްލަ އަގަކީ 4,757,755.00ރ (ހަތަރު މިލިޔަން ހަތްލައްކަ ފަންސާސް ހަތްހާސް ހަތްސަތޭކަ ފަންސާސްފަސް ރުފިޔާ)އެވެ.

އަދި މަސައްކަތް ނިންމުމަށް ދީފައި ވަނީ 150 ދުވަހެވެ.

އެއްބަސްވުމުގައި މިނިސްޓްރީ އޮފް ހެލްތުގެ ފަރާތުން ސޮއިކުރައްވާފައި ވަނީ ސީނިއަރ އެގްޒެކެޓިވް ޑައިރެކްޓަރ ޢަބްދުލް ޙަންނާނު ޙުސައިނެވެ.

އަދި ޑީ.އެން.އެފް އިންޖިނިއަރިންގ ޕްރައިވެޓް ލިމިޓެޑް ފަރާތުން ސޮއިކުރެއްވީ ޑައިރެކްޓަރ އޮފް އޮޕަރޭޝަންސް ޝަކީބު އަޙްމަދެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް