ކ. މާލެ
|
12 އޭޕްރިލް 2023 | ބުދަ 10:00
ކްރިމިނަލް ކޯޓް
ކްރިމިނަލް ކޯޓް
ގޫގުލް
އުދައްޔުގެ މަރުގެ މައްސަލަ
އުދައްޔުގެ މަރު: ދެން އޮންނާނީ ދިފާއީ ހެކިންގެ ހެކިބަސް ނެގުން
އިތުރު ހެކިން ހާޒިރު ކުރުމަށް މިހާރު ދައުލަތުން ބޭނުން ނުވޭ
ދިފާއީ ހެކިވެރިން ހާޒިރު ކުރުމާ ގުޅޭގޮތުން ބައެއް ކަންކަން ސާފު ކުރައްވާފައިވޭ
އޭޕްރީލް މަހުގެ 20 ވަނަ ދުވަހު މި މައްސަލައިގެ އަޑުއެހުމެއް އޮންނާނެ

ގއ. މާމެންދޫގައި ހިންގި ގްރޫޕް މާރާމާރީއެއްގައި ލިބުނު ޒަޚަމްތަކުގެ ސަބަބުން މަރުވި 17 އަހަރުގެ އަހުމަދު އުދައްޔުގެ މަރުގެ މައްސަލައިގެ އަޑުއެހުމެއް ބުދަ ދުވަހު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފިއެވެ.

ބުދަ ދުވަހުގެ އަޑުއެހުމުގައި އޮތީ ދައުލަތުން ހުށައަޅާފައިވާ 3 ހެއްކެއްގެ ހެކިބަސް ނެގުމެވެ. ނަމަވެސް އޭގެ ތެރެއިން އެއްވެސް ހެއްކެއް ހާޒިރު ކުރެވިފައެއް ނުވެއެވެ.

ދައުލަތުގެ ވަކީލު ވިދާޅުވީ، އިތުރު ހެކިން ހާޒިރު ކުރުމަށް މިހާރު ދައުލަތުން ބޭނުން ނުވާ ކަމަށެވެ. އެކަން ބަޔާންކޮށް އަންގާރަ ދުވަހު ކޯޓަށް ސިޓީއެއް ހުށައަޅާފައިވާނެ ކަމަށް ދައުލަތުގެ ވަކީލު ވިދާޅުވިއެވެ.

ގާޒީ ވިދާޅުވީ، އެ ސިޓީ އަދި ސެކްޝަނަށް ލިބިފައިނުވާ ކަމަށެވެ.

ދައުލަތުގެ ހެކިންގެ ހެކިބަސް ނެގުން ނިމިފައިވާއިރު، ދެން އޮންނާނީ ދިފާއީ ހެކިންގެ ހެކިބަސް ނެގުންކަމަށް ގާޒީ ވިދާޅުވިއެވެ. ގާޒީ ވަނީ ދިފާއީ ހެކިވެރިން ހާޒިރު ކުރުމާ ގުޅޭގޮތުން ބައެއް ކަންކަން ސާފު ކުރައްވާފައެވެ.

ގާޒީ ވިދާޅުވީ، މިހިނގާ އޭޕްރީލް މަހުގެ 20 ވަނަ ދުވަހު މި މައްސަލައިގެ އަޑުއެހުމެއް އޮންނާނެ ކަމަށެވެ. އެ ދުވަހު ދިފާއީ ހުރިހާ ހެކިންގެ ހެކިބަސް ނެންގެވުމަށް މަސައްކަތް ކުރައްވާނެކަމަށް ގާޒީ ވިދާޅުވިއެވެ.

ކްރިމިނަލް ކޯޓުގައި މި މައްސަލަ ބައްލަވަނީ ގާޒީ އަލީ ނަދީމެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް