ކ. މާލެ
|
11 އޭޕްރިލް 2023 | އަންގާރަ 13:06
މެންބަރު ހުސެއިން ޝަހީމް
މެންބަރު ހުސެއިން ޝަހީމް
މަޖިލިސް
އެމްޑީޕީ
"އެމްޑީޕީގެ ފަލްސަފާ ބަލައިނުގަންނާނެ ކަމަށް ބުނި ބަޔަކު ރަނަށްވެ، ނަގޫ ގޮށްޖެހުން ބަޔަކަށް އޯކޭވެއްޖެ"
ގަރާރުތައް ހުށަހަޅަނީ މާބޮޑު މަގްސަދެއް އޮވެގެން ނޫން ކަމަށް މެންބަރު ޝަހީމް ވިދާޅުވި
އެޖެންޑާ-19އިގެ ދަށުން ހޮވުނު މެންބަރަކު، އެހެން ޕާޓީއަކަށް ވެރިކަން ހޯދައި ދޭން ވީ ވައުދެއް ނެތް ކަމަށް ވިދާޅުވި
އެމްޑީޕީ ނޫން އެހެން ޕާޓީއެއްގެ ރިޔާސީ ކެނޑިޑޭޓަކަށް ވެރިކަން ހޯދައި ދިނުމަކީ އެމްޑީޕީގެ އަސާސީ ސިފަތައް ޤަބޫލުކުރާ ބަޔަކު ކުރާނެ ކަމެއް ނޫން ކަމަށް ވިދާޅުވި

އެމްޑީޕީގެ ބައެއް މެންބަރުން މިހާރު މަސައްކަތް ކުރަނީ ދުވަހަކުވެސް އެމްޑީޕީގެ ފަލްސަފާގައި ބަލައިނުގަންނާނެ ކަމަށް ބުނި ބަޔަކު ރަނަށް ވެގެން ކަމަށާއި، އެފަދަ މީހުންނާއެކު ނަގޫ ގޮށްޖެހުން އެންމެ ރަނގަޅު ކަމެއް ކަމަށް މިއަދު ބައެއް ބޭފުޅުންނަށްވެފައިވާ ކަމަށް ވިދާޅުވެ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސެއިން ޝަހީމް ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެއެވެ.

އަންގާރަ ދުވަހު މަޖިލީހުގައި ވާހަކަދައްކަވަމުން ޝަހީމް ވަނީ މަޖިލީހަށް އެކި ނަންނަމުގައި ގަރާރުތައް ހުށަހަޅަނީ މާބޮޑު މަގްސަދެއް އޮވެގެން ނޫން ކަމަށް ވިދާޅުވެފައެވެ. އެއީ އެމްޑީޕީއާ ފިކުރު ތަފާތުވުމުން އެކަމުގެ ނަތީޖާއެއްގެ ގޮތުން ކުރަމުންދާ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެޖެންޑާ-19ގެ ދަށުން ހޮވުނު މެންބަރަކު، އެހެން ޕާޓީއަކަށް ވެރިކަން ހޯދައި ދޭން ވީ ވައުދެއް ނެތް ކަމަށް ވިދާޅުވިއެވެ. އެމްޑީޕީގެ ނަމުގައި އެޖެންޑާ-19ގެ ދަށުން ހޮވުނު މެންބަރުން އެހެން ޕާޓީއެއްގެ ކެނޑިޑޭޓަކާއެކު މަސައްކަތްކުރާތީ އެކަމަށް އޭނާ ފާޑުވިދާޅުވިއެވެ. އަދި އެއީ ކުރެވޭނެ ކަމެއް ނޫން ކަަމަށް އޭނާ ވިދާޅުވިއެވެ. އެމްޑީޕީ ނޫން އެހެން ޕާޓީއެއްގެ ރިޔާސީ ކެނޑިޑޭޓަކަށް ވެރިކަން ހޯދައި ދިނުމަކީ އެމްޑީޕީގެ އަސާސީ ސިފަތައް ޤަބޫލުކުރާ ބަޔަކު ކުރާނެ ކަމެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އޭގެ ބޭނުމަކީ އެމްޑީޕީގެ އާއްމު މެންބަރުން ކުރި މަސައްކަތް ގެއްލުވާލުން ކަމަށް އޭނާ ވިދާޅުވިއެވެ. އެކަން ކުރަނީ ވަކި މީހަކު ޕްރައިމަރީން މޮޅު ނުވުމުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ފިކުރެއްގެ ދިރުމުގެ ނަމުގައި ވަކި ޕާލިމަންޓްރީ ގްރޫޕެއް އުފައްދައިގެން މަސައްކަތް ކުރާ މެންބަރުންގެ ތެރެއިން، ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީތަކުގައި އެމްޑީޕީގެ ސްލޮޓްތަކުގައި ތިބި ފަރާތްތައް ވަކިކޮށް، ގެންނަން ޖެހޭ ބަދަލުތައް ގެނައުމަށް ވެސް ވަނީ ހުށަހަަޅާފައެވެ. އަދި ފިކުރެއްގެ ދިރުމުގެ ނަމުގައި މަސައްކަތް ކުރާ އެމްޑީޕީގެ ސްލޮޓްތަކުގައި ތިބި މެންބަރުން ކޮމިޓީތަކުން ވަކިކުރުމުގެ ކުރިން މެންބަރުންނާއި ވަކިވަކިން ބައްދަލުކުރަން އެމްޑީޕީގެ ޕީޖީ ގްރޫޕުން ވަނީ ނިންމާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް