ކ. މާލެ
|
11 އޭޕްރިލް 2023 | އަންގާރަ 08:46
ގުޅީ ކައުންސިލް ރައީސް އެމްޑީޕީއަށް ސޮއިކުރެއްވުން
ގުޅީ ކައުންސިލް ރައީސް އެމްޑީޕީއަށް ސޮއިކުރެއްވުން
އެމްޑީޕީ
ގުޅީ ކައުންސިލް ރައީސް
ގުޅީ ކައުންސިލް ރައީސް އެމްޑީޕީއަށް
އޭނާ ސޮއިކުރެއްވީ ގުޅިއަށް މި ސަރުކާރުން ގިނަ ކަންކަން ކޮށްދީފައިވުމުން ކަމަށް ވިދާޅުވި

ކ. ގުޅީ ކައުންސިލްގެ ރައީސް މޫސާ ސަފީލް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އަށް ސޮއި ކުރައްވައިފިއެވެ.

މޫސަ އެމްޑީޕީއާ ގުޅިވަޑައިގަތީ ހޯމަ ދުވަހުއެވެ. އެގޮތުން ގުރައިދޫ ދާއިރާގެ ބައި އިލެކްޝަންގެ ކެމްޕޭނަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހު އާއި އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒު އިސްމާއީލް ހިމެނޭހެން އެ ޕާޓީގެ ޓީމެއްް އެ ރަށަށް ޒިޔާރަތް ކުރެއްވުމުން މޫސަ ވަނީ އެމްޑީޕީއަށް ސޮއި ކުރައްވާފައެވެ.

އޭނާ ވިދާޅުވި ގޮތުގައި އެމްޑީޕީއާ ގުޅިވަޑައިގަތީ ކުރީ ސަރުކާރުތަކުން ގުޅި ބޭކާރު ކޮށްލާފައި އޮތްއޮތުން މި ސަރުކާރުން ނިމުމަކަށް ގެނެސްފައިވާތީއެވެ.

މޫސާއަށް މަރުހަބާ ވިދާޅުވެ ރައީސް ވިދާޅުވީ ގުޅީ ރައީސް އެމްޑީޕީއާ ގުޅިވަޑައިގަތުމަކީ އުފާވެރިކަމެއް ކަމަށެވެ. އަދި ރަށުގެ ތަރައްގީއަށް ޓަކައި ސަރުކާރުން ކުރަމުން ގެންދާ ކަންތައްތައް މިހާރަށް ވުރެ ބޮޑަށް ކައުންސިލުން ސަރުކާރާއެކު މަސައްކަތް ކުރަމުންގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް