ކ. މާލެ
|
10 އޭޕްރިލް 2023 | ހޯމަ 18:26
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު
އެމްޑީޕީ
ގުރައިދޫ ދާއިރާ
ޝާޒްއަށް ވޯޓު ދެއްވާ، ދާއިރާގެ ތަރައްގީއަށް މަސައްކަތްކޮށްދެއްވާނެ: ރައީސް
ސަރުކާރާ އެއްކޮށް މަސައްކަތްކުރައްވާ މެމްބަރުންނަށް ތަރައްގީ ގެންނަން ފަސޭހަވޭ
ގުރައިދޫ ދާއިރާ އޮތީ އެމްޑީޕީއާއެކު
ޝާޒްއަށް ލާ ވޯޓަކީ ގެއްލިގެންދާނެ ވޯޓެއް ނޫން

ކ. ގުރައިދޫ ދާއިރާގެ ބައި އިލެކްޝަނަށް އެމްޑީޕީން ނިކުންނަވާފައިވާ ކެންޑިޑޭޓް އިބްރާހިމް ޝާޒްއަކީ ދާއިރާގެ ތަރައްގީއަށްޓަކާ ސަރުކާރާ އެއްކޮށް މަސައްކަތްކޮށްދެއްވާނެ ބޭފުޅެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވީ ގުރައިދޫ ދާއިރާގެ ކެމްޕޭނަށް ހޯމަ ދުވަހު ގުޅިއަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ. ރައީސް ވިދާޅުވީ ގުޅިން އެމަނިކުފާނާއި، ކެމްޕޭން ޓީމަށް ދެއްވި ހޫނު މަރުހަބާއިން ގުޅިއަކީ ސަރުކާރާއެކީގައި އޮތް ރައްޔިތެއް ދިރިއުޅޭ ރަށެއްކަން ގަބޫލުކުރައްވާކަމަށެވެ.

ގާނޫނުތައް ހެދުމުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ކުރަންޖެހޭ ގިނަ މަސައްކަތްތަކެއް ހުންނަކަން ރައީސް ފާހަގަކުރެއްވިއެވެ. އެ މެމްބަރަކީ ރައްޔިތުންގެ ވިސްނުމާ އެއްގޮތަށް ރައްޔިތުން ބޭނުންވާ ގޮތަށް އެ ދާއިރާއަކަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމުގައި އެންމެ އިސް ސަފުގައި މަސައްކަތްކުރާ ބޭފުޅާ ކަމަށާއި، އަދި އޭރަކު އޮންނަ ސަރުކާރަކާ އެއްކޮށް މަސައްކަތްކުރުމުގެ ވިސްނުން މެމްބަރު ގެންގުޅުއްވާނަމަ އެ ދާއިރާއަކަށް ތަރައްގީ ގެނައުމުގައި ފަސޭހަތަކެއް ވެގެންދާ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ގުރައިދޫ ދާއިރާގެ ރައްޔިތުންގެ ވިސްނުން ހުރިގޮތް 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުން ވަރަށް ސާފުކޮށް ފެނިވަޑައިގެންނެވި ކަމަށެވެ. އެ އިންތިޚާބުގައި ގާތްގަނޑަކަށް 55 އިންސައްތަ ވޯޓު މި ދާއިރާގެ ރައްޔިތުން އެމަނިކުފާނަށް ދެއްވި ކަމަޑާއި މިއީ މި ދާއިރާ އޮތީ ސަރުކާރާ އެކީގައިކަން ހާމަވާ ކަމެއް ކަމަށް ރައީސް ވިދާޅުވިއެވެ.

ކުރިއަށް އޮތް ބައި އިލެކްޝަންގައި ވޯޓު ލާއިރުވެސް އޭރުގެ އެ ވިސްނުމާ އެއްގޮތަށް ވޯޓު ދިނުމަށް ރައީސް އެދިވަޑައިގެންނެވިއެވެ. ޝާޒްއަކީ މި ދާއިރާގެ ތަރައްގީއަށްޓަކާ ސަރުކަރާއެކު މަސައްކަތްކޮށްދެއްވާނެ ބޭފުޅެއް ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ޝާޒްއަށް ވޯޓު ދެއްވުމަށް ރައީސް ވަނީ އެދިވަޑައިގެންފައެވެ.

ރައީސް އިތުރަށް ވިދާޅުވީ މިއީ ގެއްލިގެންދާނެވޯޓެއް ނޫން ކަމަށެވެ. މި ވޯޓާއެކު ސަރުކާރުގެ މެނިފެސްޓޯގައި މި ދާއިރާގައި ކުރަން ހުރި ކަންކަން ކުރުމަށް ބޮޑުތަނުން ފަސޭހަވެގެންދާނެކަން ރައީސް ފާހަގަކުރެއްވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް