ކ. މާލެ
|
7 އޭޕްރިލް 2023 | ހުކުރު 07:50
ހުޅުމާލެ
ހުޅުމާލެ
އެންވަރަންމަންޓް މިނިސްޓްރީ
ހުޅުމާލެއިން ބިން ވިއްކަނީ
ހުޅުމާލޭގައި ދިރިއުޅުމަށް ބީލަމުގެ އުސޫލުން 15 ބިން ވިއްކަނީ
ވިއްކަނީ ބީޗްފްރަންޓުން 5 ބިމާއި ބީޗްސައިޑުން 10 ބިން
ބީލަމުގެ އުސޫލުން ބިން ވިއްކުމަށް ހަމަޖެހިފައިވަނީ ދެ މަރުހަލާއެއްގައި

ހުޅުމާލެ އިން ބީލަމުގެ އުސޫލުން 15 ބިމެއް ވިއްކާލުމަށް އާބަންކޯއިން ހުޅުވާލައިފިއެވެ.

އާބަންކޯއިން ކުރި އިއުލާނެއްގައި ބުނެފައިވަނީ ވިއްކަނީ ބީޗްފްރަންޓުން 5 ބިމާއި ބީޗްސައިޑުން 10 ބިން ކަމަށެވެ. ބީޗްފްރަންޓުން ވިއްކަނީ 1،270.15 އާ 1،803.28 އަކަފޫޓުގެ ބިމެވެ. ބީޗްސައިޑުން ވިއްކަނީ 1،644.83 އާ 2،338.67 އަކަފޫޓުގެ ބިމެވެ.

ބިން ގަތުމަށް ބީލަން ހުށަހެޅޭނީ އުމުރުން 18 އަހަރު ފުރިފައިވާ ދިވެހި ރައްޔިތަކަށް ނުވަތަ ދިވެހިރާއްޖޭގައި ރަޖިސްޓްރީ ކޮށްފައިވާ 100 އިންސައްތަ ދިވެހިންގެ ހިއްސާ އޮންނަ ކުންފުންޏަކަށެވެ.

ބީލަން ފެށޭ އަގަކީ ބީޗް ފްރަނުންޓުން 6500 ރުފިޔާއެވެ. ބީޗް ސައިޑުން 5،500 ރުފިޔާއެވެ. ބިމުގެ އަގު އަދާކުރަންޖެހޭނީ ބިން ގަތުމުގެ ފުރުސަތު ކާމިޔާބުކުރިކަން އަންގާ ރަސްމީ ސިޓީ ފޮނުވާ ތާރީޚުން ފެށިގެން 30 ދުވަހުގެ ތެރޭގައެވެ.

ބީލަމުގެ އުސޫލުން ބިން ވިއްކުމަށް ހަމަޖެހިފައިވަނީ ދެ މަރުހަލާއެއްގައެވެ. އެއީ ޝައުގުވެރިވާ ބިމަށް އެކްސްޕްރެޝަން އޮފް އިންޓްރެސްޓް (އީ.އޯ.އައި) ހުށަހަޅައިގެންނާއި އީ.އޯ.އައި ހުށަހަޅާފައިވާ ބިމަށް ބިޑްކޮށްގެންނެވެ.

އީއޯއައި ފޯމު ހުށަހަޅާ ފަރާތްތަކުން އެއް މިލިއަން ރުފިޔާގެ ބިޑް ސެކިޔުރިޓީ ފޯމެއް ހުށަހަޅަންޖެހޭނެއެވެ.

މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން، ބީލަމުގެ އުސޫލުން ބިންގަތުމަށް ކުރިމަތިލުމަށް ހަަމަޖެހިފައިވަނީ އޮންލައިން ޕޯޓަލް މެދުވެރިކޮށެވެ.

ކޮންމެ ފަރާތަކަށްވެސް ގަނެވޭނީ އެއް ބިމެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް