ކ. މާލެ
|
7 އޭޕްރިލް 2023 | ހުކުރު 01:44
ހިޔާ ފްލެޓެއްގައި އަލިފާން ރޯވުން
ހިޔާ ފްލެޓެއްގައި އަލިފާން ރޯވުން
ސޯޝަލް މީޑިއާ
ހިޔާ ފްލެޓެއްގައި ރޯވުން
ހިޔާ ފްލެޓެއްގެ އެޕާޓްމަންޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި
ރޯވެފައިވަނީ ހިޔާ ފްލެޓް އެޗް 5ގެ 17ވަނަ ފަންގިފިލާގައި

ހިޔާ ފްލެޓްތަކުގެ ތެރެއިން އެޕާޓްމަންޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

އެމްއެންޑީއެފުން ބުނީ ރޯވެފައިވަނީ ހިޔާ ފްލެޓް އެޗް 5ގެ 17ވަނަ ފަންގިފިލާގައިކަމަށެވެ. މިހާދިސާގައި އެއްވެސް މީިހަކަށް ގެއްލުމެއް ނުލިބޭކަމަަށާއި، އަލިފާންގަނޑު ނިއްވާލާފައިވާކަމަށް އެމްއެންޑީއެފުން ބުނެއެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި އަލިފާނުގެ ހާދިސާ ހިނގާފައިވަނީ ބުރާސްފަތި ދުވަހުގެ ރޭ މެންދަމު 1 ޖެހިއިރުއެވެ. އަލިފާން ރޯވުމުގެ ސަބަބުން އެ ފްލެޓްގައި އުޅެމުންދިޔަ މީހުން ހުސްކުރިއެވެ.

Advertisement

ސޯޝަލް މީޑިޔާގައި ދައުރުވަމުންދާ ވީޑިއޯއަށް ބަލާއިރު، ފްލެޓްގެ ބެލްކަނިން އަލިފާންގަނޑު ފެނެއެވެ.

މިހާދިސާ ހިނގަން މެދުވެރިވި ސަބަބާއި ލިބުނު ގެއްލުމުގެ ތަފްސީލެއް އަދި ނޭނގެއެވެ. އެސަރަހައްދުގައި އެމްއެންޑީއެފް ގެ ފަޔަރ އެންޑް ރެސްކިއު ޓީމަކުން ހަރަކާތްތެރި ވެފައިވެއެވެ

އަލިފާނުގެ ހާދިސާ ހިނގި ޓަވަރު 5ގައި ދިރިއުޅޭ ބައެއް މީހުން ބުނާ ގޮތުގައި އަލިފާން ރޯވިކަމަށް ބެލެވެނީ އެއަށް ވުރެމަތީ ފްލޯ އަކުން ވައްޓާލި، ނުނިވާ އޮތް ސިގިރެޓް ފިލްޓަރެއް، އެފްލޯގެ ބެލްކަނީގަ ހުރި ރޯވާޒާތުގެ އެއްޗެއް މައްޗަށް ވެއްޓިގެންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް