ކ. މާލެ
|
6 އޭޕްރިލް 2023 | ބުރާސްފަތި 17:49
ރައީސް އޮފީހުގެ ތަރުޖަމާނު ނޫސްވެރިންނާ ބައްދަލުކުރުން
ރައީސް އޮފީހުގެ ތަރުޖަމާނު ނޫސްވެރިންނާ ބައްދަލުކުރުން
ރައީސް އޮފީސް
ސަރކިޓް ކޯޓުތައް އުފެއްދުން
ސަރކިޓް ކޯޓުގެ މަސައްކަތް ލެޖިސްލޭޓިވް އެޖެންޑާ ގެ ދަށުން ކުރިއަށް ދާނެ: މިއުވާން
ޖުޑީޝަލް ޑިސްޓްރިކްޓާއި، ޑިސްޓްރިކްޓް ކޯޓާއި ސަރކިޓް ކޯޓުތައް އުފެއްދޭގޮތަށް ދިވެހިރާއްޖޭ ކޯޓުތަކުގެ ޤާނޫނަށް އިސްލާހު ހުށަހަޅާފައިވޭ
އެ މަސައްކަތް މަޖިލީހުގެ ތެރެއިން ކުރިއަށްދާނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށް މިއުވާން ވިދާޅުވި

ސަރކިޓް ކޯޓުގެ މަސައްކަތް ލެޖިސްލޭޓިވް އެޖެންޑާ ގެ ދަށުން ކުރިއަށް ދާނެކަމަށް  ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދު މިއަދު ވިދާޅުވެއްޖެއެވެ.

ބުރާސްފަތި ދުވަހު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިއުވާން އެފަދައިން ވިދާޅުވީ ރާއްޖެޓީވީން ކުރި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ. މިއުވާން ވިދާޅުވީ ޖުޑީޝަލް ޑިސްޓްރިކްޓާއި، ޑިސްޓްރިކްޓް ކޯޓާއި ސަރކިޓް ކޯޓުތައް އުފެއްދޭގޮތަށް ދިވެހިރާއްޖޭ ކޯޓުތަކުގެ ޤާނޫނަށް އިސްލާހު ހުށަހަޅާފައިވާ ކަމަށާއި އެ މަސައްކަތް މަޖިލީހުގެ ތެރެއިން ކުރިއަށްދާނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށެވެ.

ސަރުކާރުގެ ފަރާތުން ދިވެހިރާއްޖޭ ކޯޓުތަކުގެ ޤާނޫނަށް އިސްލާހު ހުށަހަޅުއްވާފައިވަނީ ފޭދޫ ދާއިރާގެ މެންބަރު މުހައްމަދު ނިހާދެވެ ސަރުކާރުގެ ފަރާތުން މި ބިލު ހުށަހެޅުމުގެ ބޭނުމަކީ ރާއްޖޭގައި ގާއިމްވެފައިވާ އަދުލު އިންސާފުގެ ދާއިރާ އިތުރަށް ހަރުދަނާ ކުރުމަށްޓަކައި، އަދުލުއިންސާފު ހިމެނޭ ޝަރުއީ ކޯޓުތައް އެކުލެވިގެންވާ ގޮތް ބަދަލުކުރުން ކަމަށް އެ އިސްލާހުގައި ބުނެފައިވެއެވެ.

އެ އިސްލާހުގައި  ސަރކިޓްތަކުގައި ހިމެނޭ ރަށްރަށުގެ ތެރެއިން މެޖިސްޓްރޭޓެއް ޤާއިމުވެ ހުންނާނެ ރަށްތައް ކަނޑައަޅާނީ، ޖުޑީޝަލް ސަރވިސް ކޮމިޝަނުންކަމަށް ބަޔާންކޮށްފައިވެއެވެ. އަދި ހަމައެހެންމެ، މެޖިސްޓްރޭޓެއް ޤާއިމުވެ ނުހުންނަ ރަށްރަށުގައި ޝަރީޢަތްތައް ހިންގާނީ، އެ ސަރކިޓަށް ނިސްބަތްވާ މެޖިސްޓްރޭޓުންގެ ތެރެއިން ޖުޑީޝަލް ސަރވިސް ކޮމިޝަނުން ކަނޑައަޅާ މެޖިސްޓްރޭޓުންކަމަށް ބަޔާންކޮށްފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް