ކ. މާލެ
|
6 އޭޕްރިލް 2023 | ބުރާސްފަތި 16:54
އިސްލާމިކް މިނިސްޓަރ، ޑރ. އަހުމަދު ޒާހިރު
އިސްލާމިކް މިނިސްޓަރ، ޑރ. އަހުމަދު ޒާހިރު
ރާއްޖެއެމްވީ
ސަފާ ގްރޫޕްގެ އުމްރާވެރިން
ސަފާ ގްރޫޕްގެ އުމްރާވެރިންނަށް ދިމާވި މައްސަލަ މިދަނީ ބަލަމުން: އިސްލާމިކް މިނިސްޓްރީ
ބައެއް ފަރާތްތަކަށް ނުފުރި ވަނީ ވިސާ ނުލިބިގެން ކަމަށް ސަފާ ހައްޖު ގްރޫޕްގެ ފަރާތުން ވަނީ ބުނެފައި
މި މައްސަލަ ވަރަށް ގާތުން ބަލަމުންދާ ކަމަށް މިނިސްޓްރީން ބުނޭ

އަލް ސަފާ އެންޑް ހައްޖު އުމްރާ ގްރޫޕްގެ ފަރާތުން އުމްރާއަށް ގެންދަން ހަމަޖެހިފައިވާ ބައެއް އުމްރާވެރިން އުމްރާއަށް ދިއުމުގައި ދިމާވެފައިވާ މައްސަލަތައް ބަލަމުންދާކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

އެ ވުޒާރާއިން ބުނީ ސަފާ ގްރޫޕްގެ ބެލުމުގެ ދަށުން އުމްރާއަށް ދާން ހަމަޖެހިފައިވާ ބައެއް އުމްރާވެރިންނަށް އުމްރާއަށް ނުފުރުނު މައްސަލަ ވަރަށް ގާތުން ބަލަމުންދާ ކަމަށެވެ. އެކަމާގުޅޭ ޝަކުވާތައް މިނިސްޓްރީއަށް ލިބިފައިވާކަމަށާއި އެކަން ހިނގާފައިވާ ގޮތް ބަލަމުންދާކަމަށް ވެސް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.

އުމްރާއަށް ދާން ހަމަޖެހިފައިވާ ބައެއް ފަރާތްތަކަށް ނުފުރި ވަނީ ވިސާ ނުލިބިގެންކަމަށް ސަފާ ހައްޖު ގްރޫޕްގެ ފަރާތުން ވަނީ ބުނެފައެވެ. އެ ގްރޫޕުގެ ބެލުމުގެދަށުން ހައްޖަށް ދާން ހަމަޖެހިފައިވާ 181 މީހުން އުމުރާއަށް ގެންދިއުން ވަނީ ފަހު ވަގުތު ކެންސަލްކޮށްފައެވެ. އެ މީހުންނަށް އުމްރާއަށް ނުދެވޭކަން އަންގާފައިވަނީ ފުރާ ވަގުތު ކައިރިވެފައި ވަނިކޮށް ކަމަށް، އުމްރާއަށް ދާން ހަމަޖެހިފައިވާ ފަރާތްތަކާއި އެ ފަރާތްތަކުގެ އާއިލާއިން މީޑިއާގައި ހިއްސާކުރި މެސެޖުތަކުގައި ވެއެވެ.

ބައެއް މީހުން ބުނެފައިވަނީ، އުމްރާއަށް ފުރަން ހަމަޖެހިފައިވާ ފަރާތްތަކަށް ނުފުރޭކަން އެންގުމަށްފަހު، ފޮށިތައް ބަލައި އައުމަށް ސަފާ ގްރޫޕުން ބުރާސްފަތި ދުވަހުގެ ހެނދުނު އަންގާފައިވާކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް