Advertisement
ކ. މާލެ
|
6 އޭޕްރިލް 2023 | ބުރާސްފަތި 03:15
ކައުންސިލްތަކުގެ ބައި އިލެކްޝަން ކުރިއަށްދަނީ
ކައުންސިލްތަކުގެ ބައި އިލެކްޝަން ކުރިއަށްދަނީ
އިލެކްޝަންސް ކޮމިޝަން
ޑަބްލިޔުޑީސީ ބައި އިލެކްޝަންތައް
ޖޫން މަހު ބާއްވާ ޑަބްލިޔުޑީސީ ބައި އިލެކްޝަންތަކާ ގުޅޭގޮތުން ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި
ޖޫން 17 ވަނަ ދުވަހު ހދ. ފިނޭ، ށ. މާއުނގޫދޫ، ރ. މީދޫ، ކ. ދިއްފުށި، މ. ވޭވަށް، ފ. ބިލެއްދޫ، ތ. ގާދިއްފުށި، ލ. މާމެންދޫ، ގދ. ހޯނޑެއްދޫ އަދި ގދ.ވާދޫގެ ޑަބްލިޔުޑީސީ ބައި އިލެކްޝަންތައް ބާއްވާނެ

ޖޫން 17 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިޔުޑީސީ)ގެ ބައި އިލެކްޝަންތަކާއި ގުޅޭގޮތުން ޝަކުވާ ނުވަތަ މައްސަލަތައް ބަލައިގަތުމުގެ އިންތިޒާމު އިލެކްޝަންސް ކޮމިޝަން (އީސީ)ން ހަމަޖައްސައިފިއެވެ.

ޑަބްލިއުޑީސީގެ ބައި އިލެކްޝަން އަހަރަކު އެއްފަހަރު ބާއްވާގޮތަށް، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގެ ގަވާއިދަށް ގެނައި އިސްލާޙަށް އަމަލުކުރަން ފަށާފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރުގައެވެ. މިގަވާއިދުގެ ދަށުން މިއަހަރު ޑަބްލިޔުޑީސީގެ ބައި އިލެކްޝަންތައް ބޭއްވުމަށް އީސީން ނިންމާފައިވަނީ ޖޫން މަހުއެވެ.

އެގޮތުން ޖޫން 17 ވަނަ ދުވަހު ހދ. ފިނޭ، ށ. މާއުނގޫދޫ، ރ. މީދޫ، ކ. ދިއްފުށި، މ. ވޭވަށް، ފ. ބިލެއްދޫ، ތ. ގާދިއްފުށި، ލ. މާމެންދޫ، ގދ. ހޯނޑެއްދޫ އަދި ގދ.ވާދޫގެ ޑަބްލިޔުޑީސީ ބައި އިލެކްޝަންތައް ބާއްވާނެއެވެ.

Advertisement

އީސީން ބުނީ އިންތިޚާބުތަކާއި ގުޅިގެން، އެއްވެސް ޝަކުވާއެއް ހުށަހަޅާނަމަ، ހުށަހަޅަންވާނީ އެކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ  "ޝަކުވާ / މައްސަލަ ހުށަހަޅާ ފޯމު" މެދުވެރިކޮށެވެ. ޝަކުވާ ނުވަތަ މައްސަލަ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ އީމެއިލް މެދުވެރިކޮށެވެ. ވޯޓުނެގުމަށް ހަމަޖެހިފައިވާ، ޖޫން 17 ވާ ހޮނިހިރު ދުވަހު، ޝަކުވާ ބަލައިގަތުމަށް ހަމަޖެހިފައިވަނީ، އެ ދުވަހު ވޯޓުނަގަން ފެށުނީއްސުރެ، ވޯޓުފޮށިތަކުގެ ވަގުތީ ނަތީޖާ އިޢުލާނު ކުރުމާ ހަމައަށެވެ.

ވޯޓު ނަގާ ދުވަހު، ވޯޓުލާ މަރުކަޒުތަކުގައި ދިމާވާ މައްސަލަތައް ޙައްލުކުރުމަށްޓަކައި ސީދާ ވޯޓު ފޮށީގެ ވެރިޔާއަށް ޝަކުވާ ނުވަތަ މައްސަލަ ހުށަހެޅޭނެއެވެ. އަދި  އިލެކްޝަންސް ކޮމިޝަނަށް، "ޝަކުވާ / މައްސަލަ ހުށަހަޅާ ފޯމު" އީމެއިލް މެދުވެރިކޮށްވެސް، ހުށަހެޅޭނެކަމަށް އީސީން ބުނެއެވެ.

ޑަބްލިޔުޑީސީތައް އިންތިޚާބުކުރި ފަހުން އެންމެ ގިނައިން ބައި އިލެކްޝަންތައް ކުރިޔަށްދަނީ ޑަބްލިޔުޑީސީގެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް