ކ. މާލެ
|
5 އޭޕްރިލް 2023 | ބުދަ 16:47
އެމްޑީޕީގެ ޕީޖީ ގްރޫޕްގެ ލީޑަރ މުހައްމަދު އަސްލަމް
އެމްޑީޕީގެ ޕީޖީ ގްރޫޕްގެ ލީޑަރ މުހައްމަދު އަސްލަމް
އެމްޑީޕީ
އެމްޑީޕީގެ ޕީޖީ ގްރޫޕް
އެމްޑީޕީ ޕީޖީ ގްރޫޕުގެ އުސޫލާއި ޚިލާފަށް އަމަލުކުރާ މެމްބަރުންގެ ނަޒާހަތްތެރިކަމާއި މެދު ސުވާލު އުފެދޭ: އަސްލަމް
އެ މެންބަރުން ވަކިކުރަން ހުށަހެޅުއްވީ މަޖިލީހުގެ ގަވާއިދުގެ 130 ވަނަ މާއްދާގެ (ރ)ގެ 2ގައި ވާގޮތުގެ މަތިން
އެ ހުށަހެޅުން ހުށަހެޅުއްވީ ތިނަދޫ އުތުރު ދާާއިރާގެ މެންބަރު އަބްދުލް މުޣުނީ
މެންބަރުންތަކެއް ޕީޖީ ގްރޫޕުގެ ބައްދަލުވުންތަކަށް ހާޒިރު ނުވާތީ ކަންބޮޑުވުން ފާޅުކުރައްވާފައިވޭ

ގަރާރުތައް ހުށަހަޅާއިރު ޕީޖީ ގްރޫޕަށް ހުށަހެޅުމަކާއި ނުލާ މަޖިލީހަަށް ހުށަހެޅުމަކީ ދެރަ ކަމެއް ކަމަށާއި، އެކަމުގެ ސަބަބުން އެ މެމްބަރުންގެ ނަޒާހަތްތެރިކަމާއި މެދު ސުވާލު އުފެދޭ ކަމަށް އެމްޑީޕީގެ ޕީޖީ ގްރޫޕްގެ ލީޑަރ މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

އަސްލަމް އެފަދައިން ވިދާޅުވީ ފިކުރެއްގެ ދިރުމުގެ ނަމުގައި ވަކި ޕާލިމަންޓްރީ ގްރޫޕެއް އުފައްދައިގެން މަސައްކަތް ކުރާ މެންބަރުންގެ ތެރެއިން، ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީތަކުގައި އެމްޑީޕީގެ ސްލޮޓްތަކުގައި ތިބި ފަރާތްތައް ވަކިކޮށް، ގެންނަން ޖެހޭ ބަދަލުތައް ގެނައުމަށް ހުށަހަޅުއްވާފައިވާ މައްސަލަ އާއި ގުޅިގެން ރާއްޖެ އެމްވީ އަށް މައުލޫމާތު ދެއްވަމުންނެވެ.

ފިކުރެއްގެ ދިރުމުގެ ނަމުގައި މަސައްކަތް ކުރާ އެމްޑީޕީގެ ސްލޮޓްތަކުގައި ތިބި މެންބަރުން ކޮމިޓީތަކުން ވަކިކުރުމުގެ ކުރިން މެންބަރުންނާއި ވަކިވަކިން ބައްދަލުކުރަން އެމްޑީޕީގެ ޕީޖީ ގްރޫޕުން ވަނީ ނިންމާފައެވެ. އަސްލަމް ވިދާޅުވީ ޕާލިމެންޓްރީ ގްރޫޕްގެ މެމްބަރުން ނަމަ އެ ގްރޫޕެއްގެ މެމްބަރުން އަމަލުކުރަން ޖެހޭނީ ޕީޖީގެ އެތެރޭގެ އުސޫލުތަކާއި އެއްގޮތަށް ކަމަށް ޤަބޫލުކުރައްވާ ކަމަށެވެ. ފިކުރެއްގެ ދިރުމުގެ ނަމުގައި މަސައްކަތް ކުރާ މެމްބަރުން ޕީޖީ ގްރޫޕްގެ ނިންމުންތަކާއި އުސޫލުތަކަށް އަމަލު ނުކުރުމަކީ ވަރަށް އުނދަނގޫ ކަމެއް ކަމެއް ކަމަށް ވެސް އަސްލަމް ވިދާޅުވިއެވެ. އަދި ގިނަ މެމްބަރުން ބޭނުންވަނީ އަވަހަށް ފިޔަވަޅު އަޅަން ކަމަށާއި، ފިކުރެއްގެ ދިރުމުގައި ހަރަކާތްތެރިވާ މެމްބަރުންނާއި ވާހަކަދައްކާ މެމްބަރުން ފާހަގަކުރާ ކަންކަމަކީ ކޮބާތޯ ބެލުން މުހިންމު ކަމަށް އަސްލަމް ވިދާޅުވިއެވެ.

އެ ހުށަހެޅުން ހުށަހެޅުއްވީ ތިނަދޫ އުތުރު ދާާއިރާގެ މެންބަރު އަބްދުލް މުޣުނީއެވެ. އެމްޑީޕީގެ ޕީޖީން ފާސްކޮށްފައި ވަނީ ފިޔަވަޅު އެޅުމުގެ ކުރިން ވަކިވަކި މެންބަރުންނަށް ޕީޖީ ލީޑަރޝިޕްގެ ފަރާތުން ބައްދަލުކޮށް އެ މެންބަރުން ނިންމާ ގޮތުގެ ރިޕޯޓެއް ހަފްތާއެއްގެ ތެރޭގައި ޕީޖީ އަށް ހުށަހެޅުމަށެވެ.

އެމްޑީޕީ ޕީޖީ ގްރޫޕްގެ ވަކި މެންބަރުންތަކެއް ޕީޖީ ގްރޫޕުގެ ބައްދަލުވުންތަކަށް ހާޒިރު ނުވުމާއި، ސަރުކާރާއި ދެކޮޅަށް މަޖިލީހަށް ގަރާރުތަކާއި މައްސަލަތައް ހުށަހަޅާ، އެ ބޭފުޅުން ތިއްބަވާ ކޮމިޓީތަކުގައި ސަރުކާރާއި ދެކޮޅަށް މަސައްކަތް ކުރަމުންދާކަމަށް އެ ހުށަހެޅުމުގައި ވެއެވެ. އަދި އެފަދަ އަމަލުތައް ކުރަމުންދާ ބައެއް މެންބަރުންނަކީ އެމްޑީޕީގެ ސްލޮޓުގައި ކޮމިޓީތަކުގެ މުގައްރިރުކަން ކުރައްވާ ބޭފުޅުންކަން މުޣުނީގެ ހުށަހެޅުމުގައި ފާހަގަކުރައްވާފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް