ކ. މާލެ
|
1 އޭޕްރިލް 2023 | ހޮނިހިރު 22:10
ބީއެމްއެލް ޓްރާންސްފަރ ސްލިޕް
ބީއެމްއެލް ޓްރާންސްފަރ ސްލިޕް
ޕޮލިސް
ސްކޭމްގެ މައްސަލަތައް
ރޯދަ ހަދިޔާ ލިބޭނެ ކަމަށް ބުނެ އެކި ކުންފުނިތަކުގެ ނަމުގައި ސްކޭމް މެސެޖުތައް!
އެފަދަ މައްސަލަތައް ރިޕޯޓު ކުރުމަށް ފުލުހުންގެ އޮންލައިން ކްރައިމް ރިޕޯޓިންގ ޕޯޓަލް ބޭނުން ކުރެވިދާނެ
އެފަދައިން އަންނަ މެސެޖުތަކުގައިވާ އެއްވެސް ލިންކަކަށް ނުފިތުމަށްވެސް ފުލުހުން ވަނީ އެދިފައި

ރޯދަ ހަދިޔާ ލިބޭނެ ކަމަށް ބުނެ އެކި ކުންފުނިތަކުގެ ނަމުގައި ސްކޭމް މެސެޖުތަކެއް ކުރަމުންދާކަމުގެ މައުލޫމާތު ފުލުހުންނަށް ލިބެމުންދާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ.

ފުލުހުން ބުނީ، އެފަދަ މައްސަލަތައް ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށާއި، އެކަން ފުލުހުން ބަލަމުންދާ ކަމަށެވެ.

އަދި އެފަދައިން އަންނަ މެސެޖުތަކުގައިވާ އެއްވެސް ލިންކަކަށް ނުފިތުމަށްވެސް ފުލުހުން ވަނީ އެދިފައެވެ.

އޭގެ އިތުރުން، އެފަދަ މައްސަލަތައް ރިޕޯޓު ކުރުމަށް ފުލުހުންގެ އޮންލައިން ކްރައިމް ރިޕޯޓިންގޕޯޓަލްބޭނުން ކުރެވިދާނެކަމަށް ފުލުހުން ބުނެއެވެ. ނުވަތަ ހޮޓްލައިން ނަންބަރު 3322111 އަށް ގުޅުމަށްވެސް އެދިފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް