ކ. މާލެ
|
1 އޭޕްރިލް 2023 | ހޮނިހިރު 22:19
ރައީސް ޞާލިހަށް ބައިއަތު ހިއްޕަވާކަމަށް ވިދާޅުވެ މިނިސްޓަރ މައުސޫމް ޓްވީޓް ކުރެއްވި ފޮޓޯ
ރައީސް ޞާލިހަށް ބައިއަތު ހިއްޕަވާކަމަށް ވިދާޅުވެ މިނިސްޓަރ މައުސޫމް ޓްވީޓް ކުރެއްވި ފޮޓޯ
ރައީސް އޮފީސް
މައުސޫމްގެ ތާއީދު ރައީސަށް
އެއްވެސް ޝަރުތެއް ނެތި ރައީސް ޞާލިހަށް ތާއިދުކޮށް ބައިއަތުހިފަން - މައުސޫމް
ޖޭޕީގެ ވަޓްސްއެޕް ގްރޫޕުންވެސް މައުސޫމް ވަނީ ނުކުމެވަޑައިގެންފައި
މިއީ ރައްޔިތުންނަށް އަދި މުޅި ދިވެހި ދައުލަތަށް އެންމެ ފައިދާބޮޑު ގޮތްކަމަށް ވިސްނިވަޑައިގަންނަވާ
ދެވަނަ ދައުރެއް ލިބުމަކީ ރާއްޖެއަށާއި، ރައްޔިތުންނަށް އަދި މުޅި ދިވެހި ދައުލަތަށް އެންމެ ފައިދާބޮޑު ގޮތް

ޓުއަރިޒަމް މިނިސްޓްރ ޑރ. އަބްދުﷲ މައުސޫމް، ރައީސުލްޖުމްހުރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހަށް ދެވަނަ ދައުރަކަށް ތާއިދުކުރައްވާކަން ރަސްމީކޮށް ހާމަކުރައްވައިފިއެވެ.

Advertisement

ރައީސް ޞާލިހާއި ސަލާމް ކުރައްވާ ފޮޓޯއަކާއެކު، މިނިސްޓަރ މައުސޫމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް އަށް ދެވަނަ ދައުރެއް ލިބުމަކީ ރާއްޖެއަށާއި، ރައްޔިތުންނަށް އަދި މުޅި ދިވެހި ދައުލަތަށް އެންމެ ފައިދާބޮޑު ގޮތްކަމަށް ވިސްނިވަޑައިގަންނަވާ ކަމަށެވެ. އެހެންކަމުން ރައީސް ޞާލިހަށް، އެއްވެސް ޝަރުތަކާއި ނުލާ ތާއިދުކޮށް، ބައިއަތުހިފާކަން އެންމެންނަށް އަންގާކަމަށް ވިދާޅުވެ ފޮޓޯއާއެކު މިނިސްޓަރު ވަނީ ޓްވީޓް ކުރައްވާފައެވެ.

ރިޔާސީ އިންތިޚާބުގައި މިހާރުގެ ކޯލިޝަނުގައި ހިމެނޭ ޖުމްހޫރީ ޕާޓީން ވަކިން ވާދަކުރަން ނިންމުމާގުޅިގެން މިހާރު ސަރުކާރުގައި އެ ޕާޓީގެ ސްލޮޓުތަކުގައި ތިއްބެވި މެމްބަރުންގެ ތެރެއިން، ރައީސް ސާލިހަށް ތާއީދުކުރައްވާ ބޭފުޅުން ގެންދަވަނީ އެ ޕާޓީން ވަކިވެވަޑައިގަންނަވަމުންނެވެ. އެގޮތުން މިދިޔަ ހަފުތާގައި އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމްއާއި އެމްޑަބްލިއުއެސްސީގެ މެނޭޖިންގ ޑިރެކްޓަރު ހަސަން ޝާހާއި އިމިގްރޭޝަން ކޮންޓްރޯލަރ މުހައްމަދު އަހުމަދު ހުސައިން (ހަނަފީ)ގެ އިތުރުން، މިނިސްޓްރީތަކުގެ ބައެއް ބޭފުޅުންވެސް ޖޭޕީން ވަނީ ވަކިވެވަޑައިގެންފައެވެ.

ސަރުކާރުގައި ޖޭޕީގެ ސްލޮޓް ތަކުގައި ތިއްބެވި ބޭފުޅުން ތާއީދުކުރައްވާ ކޮޅެއް ބެލުމަށް ގިނަ ބަޔަކު އިންތިޒާރުކުރަމުން އަންނައިރު، ހުކުރު ދުވަހުގެ ރޭ މިނިސްޓަރު މައުސޫމް ވަނީ އޭނާގެ ފޭސްބުކްގެ ކަވަރ ފޮޓޯ، ރައީސްއާއެކު ނަންގަވާފައިވާ ފޮޓޯއަކަށް ބަދަލުކުރައްވާފައެވެ. އަދި ޖޭޕީގެ ރަސްމީ ވަޓްސްއެޕް ގްރޫޕުތަކުންވެސް މިހާރު މައުސޫމް އަމިއްލައަށް ނުކުމެވަޑައިގެންފައިވާކަމަށް މައުލޫމާތު ލިބެއެވެ.

ޖޭޕީގެ ސްލޮޓްގައި މި ސަރުކާރުގައި މައުސޫމުގެ އިތުރުން ދެ ވަޒީރަކު ތިއްބަވައެވެ. އެއީ ޖޭޕީގެ ލީޑަރު ގާސިމް އިބްރާހީމްގެ އަނބިކަނބަލުން އަދި ޓްރާންސްޕޯޓް މިނިސްޓަރު އާއިޝަތު ނަހުލާއާއި ފިޝަރީޒް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަންއެވެ.

Advertisement

Advertisement
- ކޮމެންޓް