ކ. މާލެ
|
1 އޭޕްރިލް 2023 | ހޮނިހިރު 12:36
މާލޭގައި ފެންބޮޑުވެފައި
މާލޭގައި ފެންބޮޑުވެފައި
މޫސުން
މިއަދުގެ ކުރިއަށް އޮތް ވަގުތުތަކުގައި މާލެއަށް ވާރޭވެހުމުގެ ފުރުސަތު ކުޑަ: މެޓް
ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި މިހާވަރަށް ވާރޭ ވެހެނީ ވަރަށް މަދުން
މާފަންނުކޮޅުގައި ވަނީ ވަރަށް ބޮޑަށް ފެންބޮޑުވެފައި
ދެ ގަޑިއިރު ތެރޭގައި 86 މިލިމީޓަރުގެ ވާރޭ ވަނީ ވެހިފައި

މިއަދުގެ ކުރިއަށް އޮތް ވަގުތުތަކުގައި ވާރޭވެހުމުގެ ފުރުސަތު ކުޑަކަމަށް، މޫސުމާބެހޭ ގައުމީ އިދާރާއިން ބުނެފިއެވެ.

މޫސުމާބެހޭ ގައުމީ އިދާރާއިން ބުނީ މިއަދު ހެނދުނު ވެހުނު ވާރެއަކީ ރޭއްސުރެ އުފެދެމުން އައި ވިލާގަނޑުތަކެއް މާލޭގެ ސަރަހައްދަށް އެރުމުގެ ސަބަބުން ކުރި ވިއްސާރައެއް ކަމަށެވެ.

އެހެންނަމަވެސް، އެ އިދާރާއިން ލަފާކުރާގޮތުގައި މިއަދުގެ ކުރިއަށް އޮތް ވަގުތުތަކުގައި މާ ބޮޑަކަށް ވިއްސާރައެއް ނުކުރާނެއެވެ. އަދި މިއަދު ހެނދުނު ވިއްސާރަ ކުރި ވިލާގަނޑު ރޫޅިގެން ހިނގައްޖެކަމަށް އެ އިދާރާއިން ބުނެއެވެ.

ރެކޯޑް ކުރެވިފައިވާ ގޮތުގައި، މާލެއަށް 88 މިލިމީޓަރުގެ ވާރޭ މިއަދު ވަނީ ވެހިފައެވެ. އަދި ދެ ގަޑިއިރު ތެރޭގައި 86 މިލިމީޓަރުގެ ވާރޭ ވެހުނުއިރު، މެޓް އޮފީހުން ބުނާގޮތުގައި މިއީ ވަރަށް މަދުން ނޫނީ ނުވާ ކަމެކެވެ. މިހާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި މިހާ ގިނައިން ވާރޭ ވެހޭނީ ވަރަށް މަދުންކަމަށް އެ އިދާރާއިން ބުނެއެވެ.

މާލޭ ސަރަހައްދަށް ވިއްސާރަ ނުކުރިނަމަވެސް، މިއަދުގެ ކުރިއަށް އޮތް ވަގުތުތަކުގައި މެދުރާއްޖެތެރޭގެ ބައެއް ރަށްތަކަށް ވިއްސާރަ ކުރާނެކަމަށް ބެލެވޭކަމަށް މެޓް އޮފީހުން ބުނެއެވެ. ދެކުނުގެ ބައެއް ރަށްތަކަަށްވެސް ވިއްސާރަ ވިލާ ދައްކާއިރު، އުތުރުގެ މޫސުން ވަރަށް ރަނގަޅު ކަމަށްވެސް އެ އިދާރާއިން ބުނެއެވެ.

ކުރިއަށް އޮތް ހަތް ދުވަހަށް ބަލާއިރު، މާލެއަށް ކެރީގެ އަސަރު ބައެއް ދުވަސް ދުވަހަށް ކުރާނެކަމަށްވެސް މެޓް އޮފީހުން ލަފާކުރެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް