ކ. މާލެ
|
31 މާރޗް 2023 | ހުކުރު 19:43
"އިބޫ 23" ޖަހާފައިވާ ޖަރޒީއެއް އުއްޗު ރައީސަށް ވެދުންކުރެއްވުން
އުއްޗުއާއި ރައީސްގެ ބައްދަލުކުރެއްވުން
އުއްޗުގެ ފަރާތުން ރައީސަށް ޚާއްޞަ ޖަރޒީއެއް، "އިބޫ 23"
ރައީސްގެ ދެކަނބަލުންނަށް އުއްޗުގެ ފަރާތުން ވަނީ ވަރަށް ހޫނު މަރުހަބާއެއް ދަންނަވާފައި
ރައީސާއި އުއްޗު ވަނީ ވަކިން ބައްދަލު ކުރައްވައި، ގިނަ މަޝްވަރާތަކެއް ކުރައްވާފައި
"އިބޫ 23" ޖަހާފައިވާ ޖަރޒީއެއް އުއްޗު ވަނީ ރައީސަށް ވެދުންކުރައްވާފައި

ރާއްޖޭގެ އެންމެ ބޮޑެތި ވިޔަފާރިވެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ މުހައްމަދު މޫސާ (އުއްޗު)އާއި އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓް އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު މިވަނީ ހުކުރު ދުވަހު ބައްދަލު ކުރައްވާފައެވެ.

މި ބައްދަލު ކުރެއްވުމަކީ އުއްޗުގެ ދައުވަތަކަށް ރައީސްގެ ދެކަނބަލުން ޗަމްޕާގިރިއަށް ވަޑައިގެން ކުރިއަށް ގެންދެވި ބައްދަލުކުރެއްވުމެކެވެ. އެގޮތުން ރައީސްގެ އަރިހުގައި ބައެއް ވަޒީރުންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ޗަމްޕާގިރީގައި ބޭއްވި މި ބައްދަލު ކުރެއްވުމުގައި ރައީސްގެ ދެކަނބަލުންނަށް އުއްޗުގެ ފަރާތުން ވަނީ ވަރަށް ހޫނު މަރުހަބާއެއް ދަންނަވާފައެވެ. އަދި ޚާއްޞަ ކަމެއްގެ ގޮތުން "އިބޫ 23" ޖަހާފައިވާ ޖަރޒީއެއްވެސް އުއްޗު ވަނީ ރައީސަށް ވެދުންކުރައްވާފައެވެ.

އޭގެ އިތުރުން، ރައީސާއި އުއްޗުވެސް ވަނީ ވަކިން ބައްދަލުކުރައްވައި، ގިނަ މަޝްވަރާތަކެއް ކުރައްވާފައެވެ.

މީގެ ކުރިން ރައީސްގެ ފަރާތުން އެމަނިކުފާނުގެ މަންދޫބުންވެސް ވަނީ އުއްޗުއާ ބައްދަލު ކުރައްވާފައެވެ. އެގޮތުން ކުރެއްދޫ އައިލެންޑް ރިސޯޓުގައި ކުރިއަށްގެންދެވި އެ ބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގަންނަވާފައި ވަނީ އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕްގެ ލީޑަރު މުހައްމަދު އަސްލަމާއި ހުޅުމާލެ ދާއިރާގެ މެންބަރު އަލީ ނިޔާޒުގެ އިތުރުން ދުވާފަރު ދާއިރާގެ މެންބަރު އިސްމާއީލް އަހްމަދެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް