ކ. މާލެ
|
31 މާރޗް 2023 | ހުކުރު 07:29
އެމްޑީީޕީ ރިޔާސީ ޓިކެޓް ހަވާލުކުރުމަށް ބޭއްވި ޖަލްސާގެ ތެރެއިން
އެމްޑީީޕީ ރިޔާސީ ޓިކެޓް ހަވާލުކުރުމަށް ބޭއްވި ޖަލްސާގެ ތެރެއިން
އެމްޑީޕީ
ރިޔާސީ އިންތިޚާބު
ކަންކަން ސާފުވެ މައިދާން ތައްޔާރުވެއްޖެ، ކާމިޔާބުވާނީ އެމްޑީޕީއަށް: ފައްޔާޒު
ކުރިއަށް އޮތީ ޝައުގުވެރި ދުވަސްތަކެއް ކަމަށާއި އެކުގައި ކުރިއަށް ނުދެވުމުން ހިތާމަކުރައްވާ ކަމަށް ވިދާޅުވި

ސިޔާސީ މައިދާނުގެ އަސްލު މަންޒަރު ސާފުވަމުންދާކަމަށާއި މައިދާން ތައްޔާރުވެއްޖެކަމަށް އެމްޑީޕީގެ ޗެއާޕާސަން އަދި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން ނިންމަވާފައި ވަނިކޮށް، ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ފަރާތުން އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް އިންތިހާބުގައި ވާދަކުރައްވަން ވަނީ ނިންމަވާފައެވެ. އަދި ސަރުކާރުގައި ތިއްބެވި އެމްޑީޕީގެ ބައެއް ބޭފުޅުން ޖުމްހޫރީ ޕާޓީއާ އެކު ވަނީ މަސައްކަތް ފައްޓަވާފައެވެ. އެއާ ގުޅިގެން ރައީސް ގެންދަވަނީ އެބޭފުޅުން މަގާމުތަކުން ވަކިކުރައްވަމުންނެވެ.

ފައްޔާޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެކުގައި ކުރިއަށް ނުދެވުނަސް ރިޔާސީ އިންތިހާބު އެމްޑީޕީން ކާމިޔާބު ކުރާނެ ކަމަށެވެ. ކުރިއަށް އޮތީ ޝައުގުވެރި ދުވަސްތަކެއް ކަމަށާއި އެކުގައި ކުރިއަށް ނުދެވުމުން ހިތާމަކުރައްވާ ކަމަށް ފައްޔާޒު ވިދާޅުވިއެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް ޞާލިހާއި ވާދަކުރައްވާ ނާކާމިޔާބީއާ ކުރިމަތިވެވަޑައިގެންނެވި ޕާޓީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ގެންދަވަނީ "ފިކުރެއްގެ ދިރުން" ނަމުގައި ވަކި ފެކްޝަނެއްގެ ގޮތުގައި ޖޭޕީއާ ގުޅިގެން ރިޔާސީ އިންތިޚާބުގެ މަސައްކަތްތައް ކުރައްވަމުންނެވެ. އެގޮތުން ޖޭޕީއާ ގުޅިގެން ސިޔާސަތުތައް އެކުލަވާލާ މެނިފެސްޓޯ އެކުލަވާލުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.

ޖޭޕީއާއެކު ނަޝީދު އިސްވެ މިހާރު ކުރައްވަމުން ގެންދަވާ މަސައްކަތްތަކަކީ އެމްޑީޕީއިން ކުރާ މަޝްވަރާތަކެއް ނޫން ކަމަށް ފައްޔާޒް ވަނީ ވިދާޅުވެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް