Advertisement
ކ. މާލެ
|
31 މާރޗް 2023 | ހުކުރު 07:19
ހޯމް މިނިސްޓަރު އައްޝެއިޚް އިމްރާން އަބްދުﷲ އިހުޔާ ފޯރަމްގައި ވާހަކަފުޅުދައްކަވަނީ
ހޯމް މިނިސްޓަރު އައްޝެއިޚް އިމްރާން އަބްދުﷲ އިހުޔާ ފޯރަމްގައި ވާހަކަފުޅުދައްކަވަނީ
އިސްލާމިކް މިނިސްޓްރީ
އިހުޔާ ފޯރަމް
އިންސާނާއަށް ފެންނަ ގޮތުގައި ހުރިހާވެސް އެއްޗަކީ ދުނިޔެ: މިނިސްޓަރު އިމްރާން
"އައީ ކޮންތާކުން؟ ދާނީ ކޮންތާކަށް؟" މި މައުޟޫޢަށް ބުރާސްފަތި ދުވަހުގެރޭ އޮތް ފޯރަމްގައި ތަޤްރީރުކުރެއްވީ ހޯމް މިނިސްޓަރުގެ އިތުރުން އައްޝައިޚް ޢަބްދުﷲ ރަޝީދު

އިންސާނާއަށް ފެންނަ ގޮތުގައި ހުރިހާވެސް އެއްޗަކީ ދުނިޔެކަމަށް މިނިސްޓަރ އޮފް ހޯމް އެފެއާޒް އައްޝައިޚް އިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ 5 ވަނަ އިޙްޔާ ފޯރަމްގައި ތަޤްރީރުކުރައްވަމުންނެވެ. "އައީ ކޮންތާކުން؟ ދާނީ ކޮންތާކަށް؟" މި މައުޟޫޢަށް ބުރާސްފަތި ދުވަހުގެރޭ އޮތް ފޯރަމްގައި ތަޤްރީރުކުރެއްވީ ހޯމް މިނިސްޓަރުގެ އިތުރުން އައްޝައިޚް ޢަބްދުﷲ ރަޝީދެވެ.

މިނިސްޓަރު ތަޤްރީރު ފައްޓަވާފައިވަނީ ބައިވެރިން ވެސް ބައިވެރިކޮށްގެން ޝައުގުވެރިގޮތަކަށެވެ. އެގޮތުން މިނިސްޓަރު އިމްރާން ވަނީ ފޯރަމްގައި ތިއްބެވި ބޭފުޅުން ލޯމެރުއްވުމަށް އެދިވަޑައިގެންނެވުމަށްފަހު އިންސާނާ ދުނިޔެއަށް އުފަންވުމަށް ކުރާ ދަތުރުން ފެށިގެން އުފަންވުމާއި، އުފަންވުމަށްފަހު މަރުވުމާ ހަމައަށް އިންސާނާގެ އުމުރުގެ އެކި ހިސާބުތަކަށް ވަރަށް ތަފްސީލުކޮށް ބައްލަވައި މަރާއި، މަރުވުމަށްފަހު ދެން އިންސާނާގެ އެ ޙަޔާތް ފެށިގެންދާގޮތާއި ސުވަރުގެ ނޫނީ ނަރަކައަށް އިންސާނާ ދިއުމާހަމައަށް ތަސައްވުރު ކުރެވެނޭހެން އަލިއަޅުއްވާ ލައްވާފައެވެ. ވަރަށް މަދު މިނެޓްކޮޅެއްގެ ތެރޭގައި އިންސާނާގެ މުޅި ހަޔާތް ތަސައްވުރު ކޮށްދެއްވުމަށްފަހު މިނިސްޓަރު އިމްރާން ވިދާޅުވީ މިއީ އިންސާނާގެ އުމުރުގެ ކުރުކަން ހާމަކޮށްދޭ ކަމެއްކަމަށާއި އުމުރަކީ ވަރަށް ކުރު ދަތުރެއް ކަމަށެވެ.

Advertisement

އެހެންނަމަވެސް އިންސާނާއަށް ފެންނަނީ ދުނިޔެއަކީ ހުރިހާވެސް އެއްޗެއްގެ ގޮތުގައި ކަމަށާއި މާތްﷲ އަޅުގަނޑުމެންނަަށް ދެއްވާފައިވާ މި ޙަޔާތުގައި އުޅެމުންދަނީ ޙަޔާތުގެ އަސްލު ހަނދާން ނައްތާލާފައިކަމަށް ވިދާޅުވިއެވެ.

ފޯރަމްގައި ތަޤްރީރުކުރައްވަމުން އައްޝައިޚް ޢަބްދުﷲ ރަޝީދު ވެސް ވަނީ އިންސާނާ އުފެދިގެން އައި ހިސާބުން ފެށިގެން މަރުވުމަށްފަހު ކަންތައް ވާގޮތަށް ވަރަށް ތަފްސީލުކޮށް ބައްލަވާލައްވާފައެވެ.

އެގޮތުން މަރާގުޅޭ ގޮތުން ވިދާޅުވީ ކަށްވަޅުގެ އިމްތިހާނަކީ ބޮޑުވެގެންވާ އިމްތިހާނެއް ކަމަށެވެ. އިންސާނުން ކުރާ ހެޔޮ ޢަމަލުތަކާއި ނުބައި ޢަމަލުތައް ލިޔުއްވިގެންވާ ފަތް އެމީހެއްގެ އަތަށް ލިބިގެންދާހިނދު ކަންތައް ވެގެންދާގޮތަށް ވެސް ޝައިޚް ވަނީ ބައްލަވާ ލައްވާފައެވެ. ކޮންމެ ނަފްސެއް ވެސް ކުޅަ އަމަލެއްގެ ޖަޒާ އެ ނަފްސަކަށް ލިބޭނެ ކަމަށް ޝައިޚް ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް