ކ. މާލެ
|
30 މާރޗް 2023 | ބުރާސްފަތި 20:52
ގައިދީންނަށް ފެށި ޤުރުއާން މުބާރާތުގެ ތެރެއިން
ގައިދީންނަށް ފެށި ޤުރުއާން މުބާރާތުގެ ތެރެއިން
ކަރެކްޝަންސް
ޤައިދީންގެ ޤުރުއާން މުބާރާތް
މާފުށީ ޖަލުގެ ޤައިދީންނަށް ޤުރުއާން މުބާރާތެއް ފަށައިފި
މިއީ މިފަދަ ފުރަތަމަ ޤުރުއާން މުބާރާތް
މި މުބާރާތުގައި 14 ފިރިހެން ޤައިދީންނާއި 13 އަންހެން ޤައިދީން ބައިވެރިވެފައިވޭ
މުބާރާތް ކުރިއަށްދާނީ 30 މާރޗުން 3 އޭޕްރީލަށް

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް)އިން ރިހެބިލިޓޭޝަން ފްރޭމްވަރކްގައި ބައިވެރިވެފައިވާ ޤައިދީންނަށް، ރަމަޟާން މަހަށް ޚާއްޞަކޮށްގެން މާފުށީ ޖަލުގައި ޤުރުއާން މުބާރާތެއް ފަށައިފިއެވެ.

ބުރާސްފަތި ދުވަހު މި މުބާރާތް އިފްތިތާޙުކޮށްދެއްވީ މާފުށީ ޖަލުގެ ޑައިރެކްޓަރ އޭއެސްޕީ އަޙްމަދު ޖާދުﷲއެވެ. މީގެ އިތުރުން މާފުށީ ޖަލުގެ ސީނިއަރ މެނޭޖްމަންޓް މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތެވެ.

30 މާރޗުން 3 އޭޕްރިލަށް ކުރިއަށްދާ މި މުބާރާތުގައި، 14 ފިރިހެން ޤައިދީންނާއި 13 އަންހެން ޤައިދީން ބައިވެރިވެފައިވެއެވެ. މިއީ މިފަދަ ފުރަތަމަ ޤުރުއާން މުބާރާތެވެ.

މި މުބާރާތުގައި ބަލައިގެން ކިޔުމުން ދެ ޖިންސު ވަކިން، އެންމެ މޮޅު ތިން ވަނަ ހޮވައި، ދެ ބައި އެއްކޮށްލައި އެންމެ މޮޅު ދިހަ ބައިވެރިން ހޮވާނެއެވެ. އަދި އޭގެ ތެރެއިން މުޅި މުބާރާތުގެ އެންމެ މޮޅު ތިން ކިޔެވުންތެރިން ހޮވާނެއެވެ.

ވަނަތައް ޙާޞިލުކުރާ ބައިވެރިންނަށް ރަން، ރިހި އަދި ލޯ މެޑަލްއާއި ސެޓްފިކެޓް ދޭނެއެވެ. މުޅި މުބާރާތުން އެންމެ މޮޅު ތިން ވަނަ ލިބޭ ބައިވެރިންނަށް މެޑަލްއާއި ސެޓްފިކެޓްގެ އިތުރުން، ޕްލާކްއެއް ލިބޭނެއެވެ. މީގެ އިތުރުން މުބާރާތުގެ ހުރިހާ ބައިވެރިންނަށް ގިފްޓް ޕެކެއް ދެވޭނެއެވެ.

ޤައިދީންނަށް އަމާޒުކޮށްގެން މިފަދަ ޙަރަކާތްތައް ހިންގުމަކީ އެ ފަރާތްތަކުގެ ހިތުގައި ކީރީތި ޤުރްއާނަށް ލޯބި އިތުރުވެ، އިސްލާމީ ޢަޤީދާ ހަރުދަނާވުމުގެ އިތުރުން، ރިހެބިލިޓޭޝަނަށް ލިބޭ ބޮޑު ހިތްވަރެކެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް