ކ. މާލެ
|
29 މާރޗް 2023 | ބުދަ 10:02
އުމްރާ އަށް ދާ މީހުން
އުމްރާ އަށް ދާ މީހުން
މެގަމޯލްޑިވްސް
އުމްރާ އަށް ދިޔަ ދިވެއްސަކު ނިޔާވުން
މައްކާގައި ނިޔާވި ދިވެހި މީހާގެ ކަށުނަމާދު ބާއްވައިފި
މައްކާގައި ނިޔާވެފައި ވަނީ ސ. ހިތަދޫ ހިޖްރަ، އުމުރުން 68 އަހަރުގެ މުޙައްމަދު ރަފީޢު
ކަށުނަމާދުކޮށްފައި ވަނީ ބުދަ ދުވަހުގެ ފަތިސް ނަމާދަށްފަހު މައްކާގެ މަސްޖިދުލް ހަރަމްގައި

މައްކާ އަށް ޢުމްރާ އަށް ގޮސް އުޅެނިކޮށް ނިޔާވި ދިވެހި މީހާގެ ކަށުނަމާދު ބާއްވައިފިއެވެ.

މައްކާގައި ނިޔާވެފައި ވަނީ ސ. ހިތަދޫ ހިޖްރަ، އުމުރުން 68 އަހަރުގެ މުޙައްމަދު ރަފީޢުއެވެ. އޭނާގެ މައްޗަށް ކަށުނަމާދުކޮށްފައި ވަނީ ބުދަ ދުވަހުގެ ފަތިސް ނަމާދަށްފަހު މުސްލިމުންގެ އެންމެ މުޤައްދަސް ޙަރަމް މައްކާގެ މަސްޖިދުލް ހަރަމްގައެވެ. ރަފީއު ނިޔާވެފައި ވަނީ އޭނާ އަށް ރޯގާ ޖެހުމާއި ގުޅިގެން ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާދެމުން ގެންދަނިކޮށެވެ.

މިއަހަރުގެ ރަމަޟާން މަހުވެސް އުމްރާގެ އަޅުކަން އަދާކުރުމަށް ގިނަ އަދަދެއްގެ ދިވެހިން މައްކާއަށް ދިޔުމަށް ހަމަޖެހިފައިވެއެވެ. ބައެއް އުމްރާވެރިން މިހާރު ފުރާފައިވާއިރު ދެން ތިބި އެންމެ ފުރާނީ އަންނަ ހަފްތާގެ ތެރޭގައެވެ. މިއަހަރުގެ ރަމަޟާން ޢުމްރާގައި ބައިވެރިވުމަށް ދުނިޔޭގެ އެކި ސަރަހައްދުތަކުންވެސް އެތައް ބަޔަކު ދަނީ މައްކާއަށް ދަތުރުކުރަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް