ކ. މާލެ
|
29 މާރޗް 2023 | ބުދަ 09:12
ފުލުހުންގެ ޙިދުމަތަށް 90 އަހަރު ފުރުމާއި ގުޅިގެން ބޭއްވި ދިދަ ނެގުމުގެ ރަސްމިއްޔާތު
ފުލުހުންގެ ޙިދުމަތަށް 90 އަހަރު ފުރުމާއި ގުޅިގެން ބޭއްވި ދިދަ ނެގުމުގެ ރަސްމިއްޔާތު
ޕޮލިސް
ފުލުހުންގެ ހިދުމަތަށް 90 އަހަރު ފުރުން
ފުލުހުންގެ ހިދުމަތަށް 90 އަހަރު ފުރުމާއި ގުޅިގެން ދިދަ ނެގުމުގެ ރަސްމިއްޔާތު ބާއްވައިފި
ރަސްމިއްޔާތުގައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ބައިވެރިވެވަޑައިގެންނެވި

ފުލުހުންގެ ހިދުމަތަށް 90 އަހަރު ފުރުމާއި ގުޅިގެން ދިދަ ނެގުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.

އަންގާރަ ދުވަހުގެ ދަންވަރު ދިދަ ނެގުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ ޝަހީދު ހުސެއިން އާދަމް ބިލްޑިންގްގެ ތިރީގައެވެ. މި ރަސްމިއްޔާތުގައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދުގެ އިތުރުން ފުލުހުންގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

ފުލުހުންނަށް ހުވައި ލައިދެއްވީ ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ފާތުމަތު ނަޝްވާއެވެ. ރަސްމިއްޔާތުގެ ތެރެއިން ޚާއްސަ ދުޢާއެއް ވެސް ވަނީ ކޮށްފައެވެ.

ރާއްޖޭގައި އެންމެ ފުރަތަމަ އުފެދުނު ފުލުހުންގެ ފައުޖުގައި ހިމެނުނީ 120 ފުލުހުންނެވެ. އޭރު ފުލުހުން އެންމެ ބޮޑު އިސްކަމެއްދޭން ޖެހިފައި އޮތީ ރައްޔިތުންނަށް ރައްކާތެރިކަން ލިބިދިނުމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް