Advertisement
ކ. މާލެ
|
5 ޖުލައި 2017 | ބުދަ 12:10
ރައީސް ނަޝީދު ލަންކާގައި---
ރައީސް ނަޝީދު ލަންކާގައި---
ރާއްޖެއެމްވީ
ނަޝީދު ލަންކާގައި
ރައީސް ނަޝީދު އަނެއްކާ ވެސް ލަންކާއަށް ވަޑައިގެންފި
ލަންކާ އަށް ވަޑައިގެންފައި ވަނީ މިއަދު
ރައީސް ނަޝީދު ވަނީ މީގެ ކުރިން ވެސް އެތައް ފަހަރެއްގެ މަތިން ލަންކާ އަށް ވަޑައިގެންފައި

ދިގު މުއްދަތެއް ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަދި އިދިކޮޅު އެމްޑީޕީގެ އިންތިޚާބީ ރައީސް މުޙައްމަދު ނަޝީދު އަވަށްޓެރި ސްރީލަންކާއަށް އަނެއްކާ ވެސް ވަޑައިގެންފިއެވެ. 

 

ރައީސް ނަޝީދު ލަންލާއަށް ވަޑައިގެންނެވީ މިއަދު ހެނދުނެވެ. ސްރީލަންކާ އިން އެމަނިކުފާނަށް މަރުހަބާ ދެންނެވީ، އެމްޑިޕީ ސަރުކާރުގެ ފޮރިން މިނިސްޓަރު އަޙުމަދު ނަޞީމް އާއި  އެމްޑީޕީގެ އިންޓަނޭޝަނަލް ސްޕޯކްސްޕާސަން ޙާމިދު ޢަބްދުލްޣަފޫރްގެ އިތުރުން އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެމްބަރު އުމަރު އަބްދުލްރައްޒާޤެވެ.

 

ރައީސް ނަޝީދުގެ މި ދަތުރުފުޅުގެ ތަފްޞީލް އެމްޑީޕީން އަދި ހާމަކޮށްފައި ނުވެ އެވެ.  މި ދަތުރުފުޅުިގައި ވެސް ރާއްޖޭގެ ސިޔާސީ ފަރާތްތަކާއި، ލަންކާގައި ތިއްބަވާ އެކި ޑިޕްލޮމޭޓުންނާއި ބައްދަލުކުރެއްވުމަށް ކުރައްވާނެ ކަމަށް ބެލެވެއެވެ. އެމަނިކުފާނު ލަންކާއަށް ވަޑައިގަތުމުން އެމަނިކުފާނާއި އާންމުންގެ ގިނަ ދިވެހިންނަށް ބައްދަލު ކުރުމުގެ ފުރުސަތު ލިބިގެންދެ އެވެ. އަދި އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެމްބަރުންނާއެެކު ވެސް ބައްދަލުވުންތައް ކުރިއަށްދެ އެވެ. 

 

އެމަނިކުފާނު ވަނީ ލޯކަލް ކައުންސިލް އިންތިހާބުގެ ކުރިންވެސް ލަންކާއަށް ވަޑައިގެން އެމްޑީޕީގެ ގައުމީ މަޖިލިހުގެ މެމްބަރުންނާ ބައްދަލު ކުރައްވާފަ އެވެ. އެމަނިކުފާނު ލަންކާ އަށް ވަޑައިގެން މި ދުވަސްވަރަކީ ރާއެްޖޭގެ ސިޔާސީ މަޝްރަހް ބަދަލުވެ އިދިކޮޅު ސިޔާސީ ފަރާތްތަކަށް ކާމިޔާބުތަކެއް ލިބެމުންދާ ކަމަށް ގިނަ ބަޔަކު ބުނަމުންދާ ދަނޑިވަޅެކެވެ. 

 

އެމަނިފާނު ވަރަށް އަވަހަށް ރާއްޖެ އަންނާނެ ކަމަށް އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފު ވެސް ވަނީ ވިދާޅުވެފަ އެވެ.

އިނގިރޭސި ވިލާތަށް ވަޑައިގެން ފަހުން ރައީސް ނަޝީދު ވަނީ ތަފާތު އެކި ފަހަރު މަތިން ލަންކާ އަށް ވަޑައިގެންފައެވެ. މިފަހަރު ވަޑައިގެންފައި މި ވަނީ މަޖިލީހުގެ ރައީސްކަމުން އަބްދުﷲ މަސީހް ދުރުކުރުމަށް އިދިކޮޅު ފަރާތްތަކުން މަސައްކަތް ފަށާފައިވާ ދަނޑިވަޅެއްގައެވެ. 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް