Advertisement
ކ. މާލެ
|
27 މާރޗް 2023 | ހޯމަ 22:07
މިލަންދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތުގެ ތެރެއިން
މިލަންދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތުގެ ތެރެއިން
އެމްޓީސީސީ
މިލަންދޫ ގޮނޑުދޮށް ހިމާޔަތްކުރުން
މިލަންދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ބާރު ސްޕީޑްގައި ކުރިއަށް
ގްރޮއިން ޖެހުމުގެ މަސައްކަތުގެ 50 އިންސައްތަ ވަނީ ނިމިފައި
މި މަޝްރޫއަކީ 34.6 މިލިއަން ރުފިޔާގެ މަޝްރޫއެއް

ށ. މިލަންދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ ރިވެޓްމަންޓް ޕްރޮފައިލިންގގެ މަސައްކަތް ފަށައިފިއެވެ.

އެމްޓީސީސީން ބުނީ މިލަންދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ ދަށުން، ޕްރޮޖެކްޓް ސައިޓްގައި ރިވެޓްމަންޓް ޕްރޮފައިލިންގ މަސައްކަތް ކުރެވެމުންދާކަމަށާއި، ގްރޮއިން ޖެހުމުގެ މަސައްކަތުގެ 50 އިންސައްތަ ފުރިހަމަވެފައިވާކަމަށެވެ.

Advertisement

ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ ދަށުން، މިލަންދޫ އިރުމަތީ ފަރާތުގެ ގޮނޑުދޮށް 954.43 މީޓަރ ސަރަހައްދެއްގައި ބޮޑުހިލައިގެ ރިވެޓްމަންޓެއް ގާއިމުކޮށް ރިވެޓްމަންޓުގެ ދެކޮޅުގައި 44.77 މީޓަރ ބޮޑު ހިލައިގެ ދެ ފައިކަށި ބެހެއްޓުން ހިމެނެއެވެ.

މިލަންދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއަކީ 34.6 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް