Advertisement
ކ. މާލެ
|
5 ޖުލައި 2017 | ބުދަ 10:26
ތޮއްޔިބު ޝަހީމް
ތޮއްޔިބު ޝަހީމް
ރާއްޖެއެމްވީ
ތޮއްޔިބު ޝަހީމް
ތޮއްޔިބު އަނެއްކާ ވެސް ޕޮލިހަށް ހާޒިރުވުމަށް އަންގައިފި
މިއަދު 10:30 ގައި ފުލުހަށް ވަނީ ހާޒިރުކޮށްފައި
އިންވެސްޓިގޭޝަން އޮފިސަރ ބިޒީވެގެން މިއަދުގެ އެހެން ގަޑިއެއްގައި ހާޒިރުވުމަށް އަންގާނެކަމަށް ބުނެފައިވޭ

ސޯޝަލް މީޑިއާ އެކްޓިވިސްޓް ތޮއްޔިބު ޝަހީމް އަނެއްކާ ވެސް ފުލުހަށް ހާޒިރު ވުމަށް އަންގައިފިއެވެ. 

ތޮއްޔިބު ފުލުހުންގެ އިދާރާއަށް ހާޒިރު ކުރުމަށް އަންގާފައިވާ ކަމަށް އޭނާ ވަނީ ޓްވީޓް ކޮށްފައެވެ.

ތޮއްޔިބު ރާއްޖެއެމްވީއަށް ބުނީ އޭނާ މިއަދު ހެނދުނު 10:30 ގައި ފުލުހަށް ހާޒިރު ކުރިކަމަށާއި އެހެން ނަމަވެސް އިންވެސްޓިގޭޝަން އޮފިސަރ ބިޒީވެގެން މިއަދުގެ އެހެން ގަޑިއެއްގައި ހާޒިރުވުމަށް އަންގާނެ ކަމަށް ބުނެފައިވާ ކަމަށެވެ. އެހެން ނަމަވެސް އަދި ވަކި ގަޑިއެއް ނާންގާ ކަމަށް ތޮއްޔިބު ބުންޏެވެ. އެހެން ނަމަވެސް ތޮއްޔިބު ހާޒިރު ކުރަނީ ކޮން ކަމަކާ ގުޅިގެން ކަމެއް ނޭނގޭ ކަމަށް ތައްޔިބު ބުންޏެވެ.

މީގެ ކުރިން ވެސް ތޮއްޔިބު ވަނީ ފުލުހުންގެ އިދާރާއަށް ހާޒިރުކޮށްފައެވެ. އަދި ޖަލުގައި ބަންދު ކޮށްފައެވެ. އެންމެ ފަހުން އޭނާ ހައްޔަރުކޮށްފައި ވަނީ އެޗްވަންއެންވަން ވައިރަސްއާ ގުޅޭ ގޮތުން ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭ ގޮތަށް ވާހަކަ ދައްކާ ކަމަށް ބުނެ މިއަހަރުގެ މާޗް މަހުގެ 16 ވަނަ ދުވަހުއެވެ. އެފަހަރު އޭނާ ދޫކޮށްލާފައިވަނީ ޖަލުގައި 31 ދުވަހުގެ ބަންދަކަށް ފަހުއެވެ. 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް
5 ޖުލައި 2017 | ބުދަ 19:21
ޕޮލިސް
ހަމަ ބިރުދައްކަން މިސަރުކާރުން ކުރައްވަމުންދާ ކަމެއް. ސިފައިން ލައްވާ މީހުނައް ކޮންމެ އުދަގުލެއް ކުރިޔަސް ޕަބްލިކްމޭޑިޔާ ނުވެއް ހުއްޓުވޭނެ. އެއް ތައްޔިބު ނެތިއްޔާ ހަތަރު ތައްޔިބުން އުފެދޭނެ.