Advertisement
ކ. މާލެ
|
5 ޖުލައި 2017 | ބުދަ 10:10
މާފަންނު އުތުރު ދައިރާގެ މެންބަރު އިމްތިޔާޒް ފަހުމީ
މާފަންނު އުތުރު ދައިރާގެ މެންބަރު އިމްތިޔާޒް ފަހުމީ
ފާތިމަތު ޝަނާ މުހައްމަދު
ކުނޫޒް ޖަލްސާ
ގޮތެއް ހުރި ބުޅަލެއް ވެސް މަޖިލީހުގެ ރައީސް އިންނަވާ ގޮޑީގައި މިހާލަތުގައި ނީންނާނެ: އިމްތިޔާޒް
މަޖިލީހުގެ އިތުރު މެންބަރުންގެ ތާއީދުވެސް ހޯދާނަން
މިއީ މަސީހާ އޮތް ޒާތީ އެއްވެސް މައްސަލައެއް ނޫން
ރާއްޖޭގެ ސިޔާސީ މަސްރަހު މިހާރު ވަނީ ބަދަލުވެފައި

"ކިރިޔާ ގޮތެއް ހުރި ބުޅަލެއް ވެސް މަޖިލީހުގެ ރައީސް އިންނަވާ ގޮޑީގައި މިހާލަތުގައި ނީއްނާނެ" ކަމަށް މާފަންނު އުތުރު ދައިރާގެ މެންބަރު އިމްތިޔާޒް ފަހުމީ ވިދާޅުވެއްޖެ އެވެ.

އަންގާރަ ދުވަހު ކުނޫޒްގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން  މެންބަރު އިމްތިޔާޒް ވިދާޅުވީ، މިއަދު ރާއްޖޭގެ ސިޔާސީ މަސްރަހު ބަދަލުވެފައިވާ ކަމަށާއި ޕީޕީއެމްގެ ޕީޖީ ގްރޫޕު ހުރިހާ މެންބަރުން ގަދަކަމުން ގެންގޮސް އެ މަންޒަރު ފޮޓޯ ނެގޭކަށް މިއަދު ނެތް ކަމަށެވެ.

ރާއްޖޭގެ ސިޔާސީ މަސްރަހަށް މިއައި ބަދަލަކީ، ގާނޫނީ އިމުގެ ބޭރުން ކަންކަން ކުރުމުގެ ސަބަބުން އިދިކޮޅު ފަރާތްތަކުގެ އިސްވެރިން ފެށި މަސައްކަތުން އާދެވުނު ހިސާބު ކަމަށް އިމްތިޔާޒް ވިދާޅުވި އެވެ. އިމްތިޔާޒް ވިދާޅުވީ، މިއަދު 45 މެންބަރުން ހަމަވި ނަމަވެސް، 60 މެންބަރުންނަށް ވެސް އެ އަދަދު އަރާނެ ކަމަށެވެ.

އިމްތިޔާޒް ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ އިތުބާރު ނެތް ކަމުގެ ވޯޓެއް ނެގުމަށް މަޖިލީހަށް މައްސަލަ ހުށަހަޅާފައިވާ އިރު ގިނަ މެންބަރުންގެ ސޮއި އެބޭފުޅުންނަށް ލިބިފައިވާ ކަމަށެެވެ. މީގެ ކުރިން ދެ ފަހަރެއްގެ މަތިން މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލަ ވެއްދުމުން، ގާނޫނީ ހަމަތަކުގެ ބޭރުން، އެކި ގޮތް ގޮތް ކަނޑައަޅައިގެން މައްސަލަ ކާމިޔާބު ކުރުމުގެ ފުރުސަތު ކަނޑުވާލިކަން އިމްތިޔާޒް ފާހަގަކުރެއްވި އެވެ.

" ގޮތެއް ފޮތެއް ހަޔާތެއް ހުރިކަމުގައި ވަނީ ނަމަ، ހަމަގައިމު އެތަނުގައި ބުޅަލެއް ވެސް ނުއިންނާނެ. އެގޮޑީގައި ނީންނާނެ. ހަމަޔަގީނުންވެސް ބުޅަލަކަށް ވެސް މިވަރުގެ ކަންކަން ކުރިމަތިވީމަކާއެެއް، އެތަނުގައި އިންނާކަށް ނުކެރޭނެ. އެކަމަކު ނިކަން ބައްލަވާ ރައްޔިތުންގެ މަޖިލީހުގެ ރައީސް. އަޅުގަނޑު ވަރަށް އިހްލާސްތެރިކަމާ އެކު ދަންނަވަން. ޒާތީ އެއްވެސް މައްސަލައެއް ނެތް. ހަމައެއްވެސް މައްސަލައެއް ނެތް. އަޅުގަނޑުމެންގެ މައްސަލައަކީ ދިވެހި ރާއްޖޭގެ ރައްޔިތުންނަް ބޮޑެތި ގިނަ ގުނަ ގެއްލުންތައް ލިބޭނެ ގޮތަށް އަމަަލުކުރައްވާތީ. ރާއްޖޭގެ ހަމަތަކާއި ގާނޫނު އަސާސީ އާއި މަޖިލީހުގެ ގަވައިދުތަކާއި ދުނިޔެ ގަބޫލު ކުރާ ހަމަތަކާއި އިންސާނީ ބުއްދި އެ މައްޗަށް ބިނާވެގެންވާ ހަމަތައް މުގުރާލައްވާ، ތިޔަ ކުރާ ވިޔާނުދާ ކަންތައްތައް. އެއީ އަޅުގަނޑުމެންގެ މައްސަލައަކީ،" އިންތިޔާޒް ވިދާޅުވި އެވެ.

 މި ކަންކަން ހުއްޓުމަށް އިިދިކޮޅު ފަރާތްތަކުން ތައްޔާރަށް އޮތް ކަމަށާއި އެކަން ކާމިޔާބު ކޮށްފައިނޫނީ ނުހުއްޓާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އިމްތިޔާޒް ވަނީ ސަރުކާރުން ސިޔާސީ ކުށްވެރިން ހައްޔަރުކޮށް އެފަދަ ފަރާތްތަކަށް ދެއްވާ އަނިޔާ ހުއްޓާލުމަށް ގޮވާލައްވާފަ އެވެ.

ޕީޕީއެމްގައި ރައީސް އަބްދުﷲ ޔާމީނަށް ތާއީދުކުރާ ތިބީ ރަގަޅު އިންސާނުން ކަމަށާއި، އެ ފަރާތްތަކަށް ވެސް ދިވެހިރާއްޖެއަށް ޓެކްސްގެ ޒަރިއްޔާއިން ބޮޑު އާމްދަނީއެއް ލިބެމުންދާ ކަން އެނގޭ ކަމަށެވެ. ހަމަ އެބޭފުޅުންނަށް ދިވެހި ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތު ދުވަހެއް ދުވަހަށް ދަށަށްދާކަން އެނގޭ ކަން އިމްތިޔާޒް ފާހަަގަކުރެއްވި އެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް