Advertisement
ކ. މާލެ
|
26 މާރޗް 2023 | އާދީއްތަ 19:26
އައްޑޫ ސިޓީ
އައްޑޫ ސިޓީ
ސަން
އައްޑޫ ސިޓީ
އައްޑޫގެ 31 މިސްކިތެއްގައި ޙިފްޒުކޮށް ތަރާވީޙް ނަމާދުކުރޭ
މާލެ ސިޓީގައި ޙިފްޒުކޮށް ތަރާވީޙް ނަމާދުކުރަނީ 26 މިސްކިތެއްގައި

އައްޑޫ ސިޓީގައި ތަރާވީޙް ނަމާދު ޙިފްޒުކޮށް ކުރާ މިސްކިތްތަކުގެ މައުލޫމާތު އާންމުކޮށްފިއެވެ.

އައްޑޫ ސިޓީ ކައުންސިލުުން އާންމުކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު, އެ ސިޓީގެ 31 މިސްކިތެއްގައި މި އަހަރުގެ ރަމަޟާން މަހު ޙިފްޒުކޮށް ތަރާވީޙް ނަމާދުކުރާނެއެވެ. އެ ގޮތުން ހިތަދޫގެ 18 މިސްކިތެއްގައާއި، މަރަދޫގެ ތިން މިސްކިތެއްގައާއި ފޭދޫގެ ހަތަރު މިސްކިތެއްގައި ޙިފްޒުކޮށް ތަރާވީޙް ނަމާދު ކުރާނެއެވެ. އަދި މަރަދޫފޭދޫގެ މިސްކިތަކާއި ހުޅުދޫގެ މިސްކިތަކާއި މީދޫގެ ދެ މިސްކިތެއްގައިވެސް ޙިފްޒުކޮށް ތަރާވީޙް ނަމާދު ކުރާނެއެވެ.

އެ ކައުންސިލުން ބުނީ މި މިސްކިތްތައް ފިޔަވައި އެހެން މިސްކިތްތަކުގައި ވެސް ތަރާވީޙް ނަމާދުކުރުމަށް ހަމަޖެހިފައިވާކަމަށެވެ.

Advertisement

މި އަހަރު މާލޭ ސަރަޙައްދުގައި ޙިފްޒުކޮށް ތަރާވީޙް ނަމާދުކުރަނީ 26 މިސްކިތެއްގައެވެ. އެއީ މާލޭގެ 16 މިސްކިތަކާއި ހުޅުމާލޭގެ 9 މިސްކިތަކާއި ހުޅުމާލޭ ފޭސް 2 ގެ ދެ މިސްކިތަކާއި ވިލިމާލޭގެ މިސްކިތެކެވެ.

ޙިފްޒުކޮށް ތަރާވީޙް ނަމާދުކުރުމަކީ ޚަތިބު ނުބަލައި ހިތުން ކިޔެވުމެވެ. މި ގޮތަށް ތަރާވީޙް ނަމާދުކުރާނީ ނުބަލައި މުޅި ޚަތިމް ނިންމާގޮތަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 8 ގަޑިއިރު ކުރި
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް