Advertisement
ކ. މާލެ
|
5 ޖުލައި 2017 | ބުދަ 01:33
ޑރ ޖަމީލް
ޑރ ޖަމީލް
ރާއްޖެއެމްވީ
ޑރ. ޖަމީލް
ފުލުހުންނަކީ ސިޔާސީ ހަތިޔާރަކަށްވެގެން ނުވާނެ: ޑރ ޖަމީލް
އިދިކޮޅު މަޖިލިސް މެމްބަރުންނާއި ލީޑަރުން އަމާޒަކަށް ހެދުން ހުއްޓާލާ

ފުލުހުންނަކީ ސިޔާސީ ހަތިޔާރަކަށް ވެގެންނުވާނެކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަޙުމަދު ވިދާޅުވެއްޖެއެވެ.

އަންގާރަ ދުވަހު ކުރެއްވި ޓުވީޓެެއްގައި ކުރީގެ ނައިބު ރައީސް ޑޮކްޓަރ މުޙައްމަދު ޖަމީލް އަޙުމަދު ވިދާޅުވީ ފުލުހުންނަކީ ސިޔާސީ ހަތިޔާރަކަށް ވެގެންނުވާނެ ކަމަށާއި އިދިކޮޅު މަޖިލިސް މެމްބަރުންނާއި ލީޑަރުން އަމާޒަކަށް ހެދުން ހުއްޓާލަން ގޮވާލާކަމަށެވެ.

ޑރ. ޖަމީލް މިހެން ވިދާޅުވެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހްގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި 45 މެމްބަރުން ސޮއިކުރައްވައި މަޖިލީހަށް ހުށަހެޅުއްވުމާއިއެކު ބައެއް މެންބަރުން ހައްޔަރުކުރުމަށް ފުލުހުން މަސައްކަތް ކުރާކަމުގެ އަޑުތައް ފެތުރިފައިވަނިކޮށެވެ.

ކުރިން ކުރެއްވި ޓުވީޓެއްގައި ޑރ. ޖަމީލް ވިދާޅުވީ ނަފްސާއި މުދަލާއި މިނިވަންކަމުގެ ދިފާއުގައި، އަދި ނުހައްގު ޝަރީއަތްތަކުން ރައްކާތެރިކަން ހޯދުމަށް މަސީހާ ދެކޮޅަށް ވޯޓު ދެއްވުމަށް އެދޭ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
- ކޮމެންޓް