Advertisement
ކ. މާލެ
|
5 ޖުލައި 2017 | ބުދަ 00:20
 ތިނަދޫ އުތުރު ދާއިރާގެ މެމްބަރު ސައުދުﷲ ހިލްމީ
ތިނަދޫ އުތުރު ދާއިރާގެ މެމްބަރު ސައުދުﷲ ހިލްމީ
ޓްވިޓަރ
މަސީހުގެ އިތުބާރުގެ މައްސަލަ
މިއީ އަޅުގަނޑުކޮށްފައިވާ، އަޅުގަނޑުގެ ސޮއި: ސައުދުﷲ ހިލްމީ
ސައުދުﷲ ވަނީ އެ ޓުވީޓާއި އެކުގައި އެބޭފުޅާގެ ނަންފުޅާއި ސޮއި ފެންނަ ފޮޓޯއެއް ޓުވީޓުކުރައްވާފަ

އިދިކޮޅު ފަރާތްތަކުން ގުޅިގެން މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރުނެތް ކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅުމަށްޓަކައި ކުރައްވާފައިވާނީ އަމިއްލަފުޅު ސޮއިކަމަށް ތިނަދޫ އުތުރު ދާއިރާގެ މެމްބަރު ސައުދުﷲ ހިލްމީ ވިދާޅުވެއްޖެއެވެ.

އަންގާރަ ދުވަހުގެ ރޭ ކުރެއްވި ޓުވީޓެއްގައި ސައުދުﷲ ހިލްމީ ވިދާޅުވީ މަޖިލީހުގެ ރައީސްގެ އިތުބާރުނެތް ކަމުގެ މައްސަލާގައި ސޮއިކުރައްވާފައިވަނީ އެބޭފުޅާ ކަމަށާއި އެއީ އެބޭފުޅާގެ ސޮއިކަމަށެވެ. އަދި އެކަން ހާމަ ކުރެއްވީ ސުވާލު އުފައްދާ ފަރާތްތަކުގެ މައުލޫމާތައްޓަކައި ކަމަށް ސައުދުﷲ ވިދާޅުވިއެވެ.

ސައުދުﷲ ވަނީ އެ ޓުވީޓާއި އެކުގައި އެބޭފުޅާގެ ނަންފުޅާއި ސޮއި ފެންނަ ފޮޓޯއެއް ޓުވީޓުކުރައްވާފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ ސާޅީސް ފަސް މެމްބަރުންގެ ސޮއާއިއެކު ހޯމަދުވަހު ވަނީ މަޖިލީހަށް ހުށަހަޅާފައެވެ.

މިއީ މަސީހުގެ އިތުބާރުގެ މައްސަލަ މަޖިލީހަށް ވެއްދި ތިންވަނަ ފަހަރެވެ. މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ އެންމެ ފުރަތަމަ ހުށަހެޅީ8  މާޗް 2017 ގައެވެ. އެ ފަހަރު ހުށަހެޅި 26 މެމްބަރުންގެ ސޮޔާއިއެކުއެވެ. އެ މައްސަލަ މަޖިލީހަށް ހުށަހެޅި ދުވަހު އިދިކޮޅު ފަރާތްތައް މަޖިލީހުން ބޭރުކޮށް، ރޯލް ކޯލް ވޯޓް ނަގައި މައްސަލަ ބޭރުކޮށްލިއެވެ.

ދެ ވަނަ ފަހަރަށް މަސީހުގެ މައްސަލަ ހުށަހެޅީ 31 މެމްބަރުންގެ ސޮޔާއެކު އޭޕްރީލް 9 ގައެވެ. އެ ފަހަރު އެ މައްސަލަ މަޖިލީހުން ބޭރުކޮށްލީ، މަޖިލީހުގެ ގަވާއިދަށް ކުއްލިއަކަށް ގެނައި ބަދަލާއެކުއެވެ. ގަވާއިދަށް ގެނައި ބަދަލުގައި ބުނެފައިވަނީ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅޭނީ 42 މެމްބަރުންގެ ސޮއާއެކުއެވެ.

   

 

 

 

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
- ކޮމެންޓް