Advertisement
ކ. މާލެ
|
4 ޖުލައި 2017 | އަންގާރަ 23:11
މެންބަރު ރިޔާޒް: ސަރުކާރަށް ވަނީ ބޮޑު ތުހުމަތެއް
މެންބަރު ރިޔާޒް: ސަރުކާރަށް ވަނީ ބޮޑު ތުހުމަތެއް
ގޫގުލް
ކުނޫޒް ޖަލްސާ
މަސީހާ ދެކޮޅަށް ސޮއިކުރި މެންބަރުން ބަދަލުކުރަން 5 މިލިއަން ޑޮލަރާއެކު ބަޔަކު ނެރެފި:ރިޔާޒް
ރައީސް ޔާމީންގެ ފޯން ކޯލަށް ޕީޕީއެމްގެ ބައެއް މެމްބަރުން ޖަވާބު ނުދެއްވާ
އަހްމަދު ރަޝީދުގެ ސޮޔަކީ ސައްހަ ސޮޔެއް
ނިހާން ވިދާޅުވާ ގޭމް ޕްލޭނަކީ 5 މިލިއަން ޑޮލަރު ހޯދައިގެން މެންބަރުންގެ ސޮއި ބަދަލު ކުރުވުން

ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުﷲ  މަސީހްގެ އިތުބާރު ނެތްކަމުގެ މައްސަލައިގާ ޕީޕީއެމުން ސޮއިކުރި މެންބަރުން ބަދަލު ކުރުމަށްޓަކައި 5 މިލިއަން ޑޮލަރާއެކު ބަޔަކު ޕީޕީއެމުން ނެރެފި ކަމުގެ ތުހުމަތު ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ރިޔާޒް ވިދާޅުވެއްޖެއެވެ.

ގުޅިފައިވާ އިދިކޮޅު ޕާޓީތަކުން ކުނޫޒްގައި އަންގާރަ ދުވަހުގެރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރިޔާޒް ވިދާޅުވީ ޕީޕީއެމްގެ ޕީޖީ ލީޑަރ އެވިދާޅުވާ ގޭމް ޕްލޭން އެނގިއްޖެ ކަމަށާއި އެޕްލޭނަކީ 5 މިލިއަން ޑޮލަރު ހޯދައިގެން މެންބަރުން ހޯދުން ކަމަށެވެ.

ގިނަ މައުލޫމާތު ތަކެއް ލިބޭތީ ކުރިންވެސް ގޯސްވެފައިވާ ކަމަށް ވިދާޅުވަމުން ރިޔާޒް ވިދާޅުވީ 5 މިލިއަން ޑޮލަރު ހޯދުމަށްފަހު މެންބަރުން ހޯދުމުގެ މަސައްކަތް ފަށާފައިވާ ކަމުގެ މައުލޫމާތު ލިބިފަައިވާ ކަމަށާއި ނިހާން އެވިދާޅުވާ ގޭމް ޕްލޭން ބަދަލު ކުރުމަކީ އެއީ ކަމަށެވެ.  އެގޮތަށް ހޯދާ މެންބަރުންގެ ތެރޭގައި، ބޮޑަށް ބެލުމަށް ނިންމާފައިވަނީ މަސީހު ބޭރުކުރުމަށް ހުށަހެޅި ލިސްޓްގައި ސޮއި ކުރައްވާފައިވާ ޕީޕީއެމްގެ މެންބަރުން އެމެންބަރުންގެ ސޮއި އަނބުރާ ގެންނެވުމަށް ކަމަށް ރިޔާޒު ވިދާޅުވި އެވެ. 

ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރު ގޮތުގައިވެސް ހުންނެވި ރިޔާޒް ވިދާޅުވީ އެކަން ކާމިޔާބު ވުމަކީ ވާނެ ކަމެއް ނޫން ކަމަށާއި އެމެންބަރުން ސޮއިކުރައްވާފައިވަނީ ސަރުކާރާއި ރައީސް ޔާމީންވެސް ކަންކުރައްވާ ގޮތުން ކަމަށެވެ. އަދި އެއީ ރައްޔިތުންނާ ޤާއުމުގެ ޙައްޤުގައި ނިންމެވި ނިންމެވުމެއް ކަމަށާއި އެމެންބަރުން ސަރުކާރުގައި ތިއްބަވާފައި ރައްޔިތުންގެ ޙައްޤުގައި އެނިންމެވި ނިންމެވުމަށް ޝުކުރު އަދާކުރައްވާ ކަމަށެވެ.

ރިޔާޒް ވިދާޅުވީ ރައީސް ޔާމީން އެމެންބަރުންނަށް ވަރަށް ގުޅުއްވާ ކަމަށާއި އެހެންނަމަވެސް އެއިން އެއްވެސް މެންބަރަކު އަދި ފޯނު ނުނަންގަވާ ކަމަށެވެ. އެއާއެކު ދެން ނުގުޅުއްވާނެ ކަމަށް ވިދާޅުވެ ރައީސް ޔާމީން އެމެންބަރުންނަށް މެސެޖް ފޮނުއްވާފައިވާ ކަމަށްވެސް ކުރީގެ ޕޮލިސް ކޮމިޝަނަރ ރިޔާޒް ވިދާޅުވިއެވެ.

ސާޅީސް ދެ މެމްބަރުންނަށް ވުރެ، ސޮއި ކުރެއްވި މެމްބަރުންގެ އަދަދު މަދުވެއްޖެ ނަމަ، މަސީހާ ދެކޮޅަށް ލާފައިވާ އިތުބާރު ނެތްކަމުގެ މައްސަލަ ބޭރުވެގެންދާނެ އެވެ.

މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި 45 މެމްބަރުން ސޮއިކުރައްވާފައިވާއިރު، އޭގެ ތެރެއިން އިސްދޫ ދާއިރާގެ މެމްބަރު އަހްމަދު ރަޝީދު (ގާރީ) ވަނީ އޭނާގެ ސޮޔަކީ ވަގު ސޮޔެއް ކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް ރިޔާޒު ވިދާޅުވީ މަސީހާ ދެކޮޅަށް ސޮއި ކުރެއްވި 45 މެމްބަރުން ވެސް ސޮއިކުރެއްވީ ވެސް، ނަން ލިޔުއްވީ ވެސް އެ މެމްބަރެއް އަމިއްލަ ފުޅަށް ކަމަށެވެ.

މެމްބަރު އަހްމަދު ރަޝީދު ކުރައްވާފައިވަނީ ސައްހަ ސޮޔެއްކަން، ފުލުހުން ތަހްގީގުކޮށްފި ނަމަ އެނގިގެންދާނެ ކަމަށާއި އަދި އެ ސޮޔަކީ ވަގު ސޮޔެއް ކަމަށް މެމްބަރު ވިދާޅުވީ، މަޖުބޫރު ކުރުވައިގެން ކަމަށް ރިޔާޒު ވިދާޅުވި އެވެ.

"ގާރީއަށް މިހާރު އެ ހުންނެވީ މަޖުބޫރު ކޮށްފައި. ގާރީ ކުރެއްވީ ސައްހަ ސޮޔެއް، އެކަމަށް ޗެލެންޖެއް ނުކުރެވޭނެ،" އޭނާ ވިދާޅުވި އެވެ.

ގާރީގެ ސޮޔަކީ ވަގު ސޮޔެއް ކަމަށް ސާބިތު ނުކުރެވޭނެކަން އެނގުމުން، ސަރުކާރުން މަސައްކަތް ފަށާފައިވަނީ މެމްބަރުންނަށް ރިޝްވަތު ދިންކަމަށް ބުނެ ތަހްގީގު ފެށުމަށް ކަމަށެވެ. އަދި ސަރުކާރުން މެމްބަރުންނަށް ރިޝްވަތު ދީ، ސޮއި ނެގުމަށް ކަމަށް ރިޔާޒު ވިދާޅުވި އެވެ.

މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި ސޮއި ހޯދުމަށް، ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ފާރިސް މައުމޫން ރިޝްވަތު ދީފައިވާކަމުގެ ހެކި ހުރި ކަމަށް ފުލުހުން ބުނެފައިވާއިރު، ރިޔާޒު ވިދާޅުވީ ފާރިސްއާ ދެކޮޅަށް އެއްވެސް ހެއްކެއް ނޯންނާނެ ކަމަށެވެ.

ރިޔާޒު ވިދާޅުވީ އިދިކޮޅު ފަރާތްތަކަށް މަޖިލީހުގެ މެޖޯރިޓީ ލިބިގެން ދިޔައީ، ރައީސް އަބްދުﷲ ޔާމީން ކުރައްވަމުން ދިޔަ ކަންކަމަށް ކެތްނުކުރެވިގެން ޕީޕީއެމްގެ މެމްބަރުން ނުކުމެވަޑައިގަތުމުން ކަމަށެވެ. ސޮއިކުރެއްވި 45 މެމްބަރުންނަށް ވުރެ އިތުރަށް ވެސް މި މައްސަލައަށް ތާއީދު ކުރައްވާ މެމްބަރުން ތިއްބެވިކަން ފާހަގަ ކުރައްވައި ރިޔާޒު ވިދާޅުވީ، އެންމެ ފަހު ވަގުތާ ޖެހެންދެން ނުވަތަ އެންމެ ފަހު މީހާގެ ގޮތުގައި ކޮޅު ބަދަލު ކުރެއްވުމަށް ނުތިއްބަވައި އަވަހަށް ރައްޔިތުންގެ ފަޅިއަށް އެރުން މުހިންމު ކަމަށެވެ.

ރައީސް ޔާމީން ކުރައްވަމުންދާ އަނިޔާތައް ހުއްޓާލަންޖެހޭ ކަމަށް ވެސް ރިޔާޒު ވިދާޅުވި އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް
5 ޖުލައި 2017 | ބުދަ 00:21
އަލީ
މިނިސްޓަރ ޝައިނީ އަކީ ސަރުކާރުން ރައްޔަތުންނަށް ދޭންޖެހޭ ހިދުމަތެއް ރާވާ ހިންގަވާ ވަޒީރެއް. އެބޭފުޅާ ކޮން ހައިސިއްޔަތަކުންތޯއޭ މަޖިލީހުގެ އިއްޒަތްތެރި މެމްބަރުން އޮޅުވާލަނިއްޔޭ ބުނެ ތުހުމަތު އެޅުވޭނީ. މަޖިލީހުގެ މެމްބަރުންނަނީ ޤާނޫން ހެދުމާ އަދި ރައްޔަތުންނަށް ފައިދާ ހުރި ކަންކަން ހިނގާތޯ ޔަޤީންކުރުމަށް ވަޒީންރުންނަށް ރުހުން ދިނުމާއެކު ސުވާލުކުރުމުގެ ހައިސިއްޔަތު ލިބިދީފައިވާ ރައްޔަތުން ތަމްސީލުކުރާ ބޭފުޅުން. ޢ.މ އިލްހާމް ވިޔަސް އަދި ރައީސް މައުމޫން ވިޔަސް އަދި ރެޑް ޢ.މ އޭދަފުށި ދާއިރާ ސަލީމް ވިޔަސް ހަނދުމަފުޅުކޮށްދޭންޖެހޭ އެބަ ކެބިނެޓް މިނިސްޓަރުންގެ ހައިސިއްޔަތަކީ ކޮބައިކަން
4 ޖުލައި 2017 | އަންގާރަ 23:55
މަރާބެ
މިލިޔަން ވެސް ކާލަންވީ. ހެކި ބަހައްޓާތި. ދެން ފަލީހަތްވެސް ކޮއްލަންވީ މިރައިސް