ކ. މާލެ
|
24 މާރޗް 2023 | ހުކުރު 11:15
ކްރިއޭޓިވް އައިލްސް ކުރެހުމުގެ ހަރަކާތް
ކްރިއޭޓިވް އައިލްސް ކުރެހުމުގެ ހަރަކާތް
މޯލްޑިވިއަން އާޓިސްޓްސް ކޮމިއުނިޓީ
"ކްރިއޭޓިވް އައިލްސް"
"ކްރިއޭޓިވް އައިލްސް" ކުރެހުމުގެ ހަރަކާތް ފަށައިފި
މި ހަރަކާތް ފަށާފައިވަނީ ބ. ދަރަވަންދޫން
މިއީ މުޅި އަހަރަށް ބަހާލައިގެން އެކި ރަށްރަށުގައި ކުރިއަށްގެންދާ ހަރަކާތެއް

މޯލްޑިވިއަން އާޓިސްޓް ކޮމިއުނިޓީ (މެކް)އިން މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިޔުނިޓީ އެމްޕަވާރމެންޓާ ގުޅިގެން ރަށް ރަށުގައި "ކްރިއޭޓިވް އައިލްސް" ގެ ނަމުގައި ކުރެހުމުގެ ހަރަކާތްތަކެއް ފަށައިފިއެވެ.

މިއީ އެކި ރަށް ރަށުގައި ކުރެހުންތެރިން އުފައްދައި، ކުރަހަން ދަސްކޮށްދިނުމަށް ފަށާފައިވާ މަސަތްކަތެކެވެ. އެގޮތުން މި ހަރަކާތް އެންމެ ފުރަތަމަ ފެށީ ބ. ދަރަވަންދޫއިންނެވެ.

މި ހަރަކާތުގެ ދަށުން ކުރެހުމުގެ އެންމެ ފުރަތަމަ މަރުހަލާއިން ފެށިގެން ކުރެހުމެށް އެއްކޮށް ނިންމާލާނެ ގޮތާ ހިސާބަށް ކިޔައިދޭނެއެވެ. މެކް އިން ބުނީ މި ކްލާސްތަކުން، ޅަ އުމުރުގައި ކުދިން ކުރެހުމަށް ލޯބިޖެއްސުމުގެ އިތުރުން ކުދިންގެ ކްރިއޭޓިވިޓީ ބިނާކުރެވިގެންދާނެ ކަމަށެވެ.

ކްރިއޭޓިވް އައިލްސް ކުރެހުމުގެ ހަރަކާތް - މޯލްޑިވިއަން އާޓިސްޓްސް ކޮމިއުނިޓީ

"ކްރިއޭޓިވް އައިލްސް"ގެ ދަށުން ކުރެހުމުގެ ކްލާސްތަށް ހިންގުމުގެ އިތުރުން މެކް އިން ރަށްރަށުގެ ފާރުތަކުގައި ރަށުގެ ރީތިކަން ދައްކުވާލަދޭ ހިތްގައިމު ކުރެހުންތައް ވެސް ކުރެހުމަށް ވަނީ ހަމަޖެހިފައިވެއެވެ. މިގޮތުން ދަރަވަންދޫގައި ހިތްގައިމު ކަނޑުއަޑީގެ މަންޒަރެއް ކުރަހައިދީފައިވެއެވެ.

މެކް އިން މައުލޫމާތު ދޭގޮތުގައި، މުޅި އަހަރަށް ބަހާލައިގެން މި އަހަރު، އެކި ރަށްރަށުގައި މި ހަރަކާތްތައް ކުރިއަށްގެންދާނެއެވެ. އަދި އޭގެ އިތުރުން މެކް އިން މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިޔުނިޓީ އެންޕަވާރމެންޓާ ގުޅިގެން މި އަހަރު މެއި މަހުގައި 'ފަރުމާ އިންޓަނޭޝަނަލް ޔޫތު އާޓް ފެސްޓިވަލް'ގެ ނަމުގައި ބޮޑު އިވެންޓެއް ކުރިއަށް ގެންދިޔުމަށްވެސް ވަނީ ހަމަޖެހިފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް