Advertisement
ކ. މާލެ
|
4 ޖުލައި 2017 | އަންގާރަ 19:05
ތިމަރަފުށީ ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާ
ތިމަރަފުށީ ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާ
ގޫގުލް
ތިމަރަފުށީ މުސްތަފާ
ފާރިސް ހައްޔަރުކޮށްފިއްޔާ އިދިކޮޅު ފަރާތްތަކުގެ ލިސްޓަށް މަޖިލީހުގެ 5 މެންބަރުން އިތުރުވާނެ: މުސްތަފާ
އިތުރު މެންބަރުން ލިސްޓަށް ދާނީ އިތުރުވަމުން

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު އަދި ރައީސް މައުމޫންގެ ދަރިކަލުން އަޙުމަދު ފާރިސް މައުމޫން ހައްޔަރުކޮށްފިއްޔާ އިދިކޮޅު ފަރާތްތަކުގެ ލިސްޓަށް ރައްޔިތުންގެ މަޖިލީހުގެ އިތުރު 5 މެންބަރުން އިތުރުވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެންބަރ މުޙައްމަދު މުސްތަފާ ވިދާޅުވެއްޖެއެވެ.

މުސްތަފާ މިހެން ވިދާޅުވީ އަންގާރަ ދުވަހު ކުރެއްވި ޓްވީޓެއްގައެވެ.

ބެލެވޭ ގޮތުގައި މުސްތަފާ އެ އިޝާރާތް ކުރައްވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމަށް ހުށަހަޅާފައިވާ މެންބަރުންގެ ލިސްޓަށް އިތުރުވާ މެންބަރުންގެ ވާހަކައަށެވެ.

މުސްތަފާ މިހެން ވިދާޅުވެފައި މިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅުމުގައި މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތުދިން ކަމުގެ ފުރިހަމަ ހެއްކާއި ގަރީނާ އެބަހުރި ކަމަށް ބުނެ، ފާރިސް މައުމޫނު ހައްޔަރު ކޮށްފާނެ ކަމުގެ އިޝާރާތެއް ފުލުހުން ކޮށްފައި ވަނިކޮށެވެ.

މުސްތަފާ ކުރެއްވި ޓްވީޓްގައި ވިދާޅުވެފައިވަނީ "ފާރިސް ހައްޔަރުކޮށްފިއްޔާ އިދިކޮޅު ފަރާތްތަކުގެ ލިސްޓަށް 5 މެންބަރުން އިތުރުވާނެ" ކަމަށެވެ.

އަންގާރަ ދުވަހު ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަދި ފޮލިސް ސާރވިސްގެ ތަރުޖަމާނު އަހުމަދު ޝިފާނު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުންނަށް ރިޝްވަތު ދިނުމަށް މަސައްކަތްކުރަމުންދާ ކަމަށް ތުހުމަތު ކުރެވޭ މައްސަލަތަކެއް ތަހުގީގު ކުރަމުންދާ ކަމަށެވެ.

ފާރިސްގެ މައްޗަށް ކޮރަޕްޝަންގެ ތުހުމަތުތަކެއް ފުލުހުން ކުރަމުންދާއިރު، ޕީޕީއެމްގެ ދިދަ ބޭނުންކުރި ކަމަށް ބުނެ، ސަހްސު އޮޅުވާލިކަމުގެ ތުހުމަތުގައި ކްރިމިނަލް ކޯޓުގައި ވަނީ ފާރިސްގެ މައްޗަށް ދައުވާވެސް ކޮށްފައެވެ. އަދިވެސް އިތުރު ތުހުމަތުތަކެއް ފާރިސްގެ މައްޗަށް ކުރަމުންދާއިރު އެކި ފަހަރުމަތިން ފުލުހުންގެ އިދާރާއަށާއި އެންޓި ކޮރަޕްޝަން ކޮމިޝަނަށް ފާރިސް ހާޒިރު ކޮށްފައިވެއެވެ.

ނަމަވެސް ފާރިސް ވިދާޅުވެފައިވަނީ ރައްޔިތުންގެ މަޖިލިހުގެ އެއްވެސް މެމްބަރަކަށް އަދި އެހެން ބަޔަކަށް ވެސް ރިޝްވަތު ނުދެއްވާ ކަމަށާއި ރިޝްވަތު ހުށަވެސް ނާޅުއްވާ ކަމަށެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
- ކޮމެންޓް