Advertisement
ކ. މާލެ
|
4 ޖުލައި 2017 | އަންގާރަ 18:37
ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން
ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން
މުހައްމަދު ޝަރުހާން
އަދީބުގެ ބޭސްފަރުވާގެ މައްސަލަ
ރައީސް ޔާމީން އުޅުއްވަނީ ފަޟީހަތް ވެދާނެތީ: ރައީސް ނަޝީދު
އަދީބަކީ ރައީސް ޔާމީނާއި ދެކޮޅަށް މުހިއްމު ހެއްކެއް
ދީބާއި މެދު އިހާނެތިކޮށް ހިތައި، ބޭސްފަރުވާއިން އެކަހެރި ކުރެވިފައިވުމަކީ ލަދުވެތިކަމެއް
ސަރުކާރުން ދަނި އަދީބްގެ ބޭސްފަރުވާއަށް ހުރަސް އަޅަމުން

ކުރީގެ ނައިބުރައީސް އަޙުމަދު އަދީބާއިމެދު ސަރުކާރުން އަމަލުކުރަމުންދާ ފަދައިން އަމަލުކުރަމުން ދަނީ، އަދީބަކީ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީނާއި ދެކޮޅަށް މުހިއްމު ހެއްކަކަށް ވާތީކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އަންގާރަ ދުވަހު ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އަދީބަކީ ރައީސް ޔާމީނާއި ދެކޮޅަށް މުހިއްމު ހެއްކެއްކަން ރައީސް ޔާމީނަށް އެނގިލައްވާ ކަމަށެވެ. އަދި އަދީބާއި މެދު އިހާނެތިކޮށް ހިތައި، ބޭސްފަރުވާއިން އެކަހެރި ކުރެވިފައިވަނީ އެ ކަންކަން ފަޟީހަތް ވެދާނެތީ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ، މިއީ ލަދުވެތި ކަމެއް ކަމަށެވެ.

ރައީސް ނަޝީދު މިފަދައިން ޓްވީޓެއް ކުރައްވާފައިވާއިރު، ދާދިފަހުން ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު، އަޙުމަދު މަޚްލޫފް ވަނީ ދޫނިދޫގައި އަދީބް ބަހައްޓާފައިވާ ގޮޅީގައި އަދީބް އޮންނަވަނިކޮށް ނަގާފައިވާ ފޮޓޯއެއް ޓްވީޓް ކުރައްވާފައެވެ.

މި ފޮޓޯ އާންމުވުމާއި ގުޅިގެންވެސް ގިނަ ބައެއްގެ ފާޑުކިއުން ސަރުކާރަށް އަމާޒުވެފައިވާއިރު، ސަރުކާރުން ދަނީ އަދީބްގެ ބޭސްފަރުވާއަށް ހުރަސް އަޅަމުންނެވެ.

އެގޮތުން ފުރާނައަށް ނުރައްކާވާފަދަ، ރާއްޖެއިން ފަރުވާ ނުލިބޭ ބަލިތަކެއްގެ ޝިކާރައަކަށް އަދީބް ވެފައިވާއިރު، ސަރުކާރަށް އަދީބްގެ ފަރާތުން ލިބެންޖެހޭ ފައިސާތަކެއް އޮތްކަމަށް ބުނެ، އަދީބް ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ގެންދިއުމަށް ހުއްދަ ދިނުމަށް ސަރުކާރުން ވަނީ ދެކޮޅު ހަދާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ރުޝްދާ ރަޝީދު
- ކޮމެންޓް