ކ. މާލެ
|
21 މާރޗް 2023 | އަންގާރަ 01:07
ރައީސްގެ މޮޓޯކޭޑު ހުއްޓުވުމުން ސިފައިން ވަށާލާފައި
އިދިކޮޅު މުޒާހަރާ
ރައީސްގެ މޮޓޯކޭޑަށް އިދިކޮޅު ޕީޕީއެމްގެ މުޒާހަރާގެ ބައިވެރިން ހުރަސްއަޅައިފި
މިހާތަނަށް އެއްވެސް އިދާރާއަކުން ރަސްމީ ޖަވާބެއް ދީފައި ނުވޭ
މޮޓޯކޭޑަށް ހުރަސް އަޅާފައިވަނީ ބޮޑުތަކުރުފާނު މަގުގައި ހުންނަ ޗީބޯ ރެސްޓޯރެންޓާ އަރާ ހަމަވާ ހިސާބުން
މޮޓޯކޭޑު އަނބުރާލަން ޖެހުނު

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހު ދަތުރުކުރައްވަމުން ގެންދަވަނިކޮށް އެމަނިކުފާނުގެ މޮޓޯކޭޑަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީ އިން ކުރިއަށްގެންދިޔަ މުޒާހަރާގެ ބައިވެރިން ހުރަސް އަޅައިފިއެވެ.

މިކަން ހިނގާފައިވަނީ ހޯމަ ދުވަހުގެ ރޭ، ބައިނަލްއަގުވާމީ އަންހެނުންގެ ދުވަސް ފާހަގަކުރުމަށް ބޭއްވި ޖަލްސާ ނިންމަވާލެއްވުމަށްފަހު ރައީސް ވަޑައިގަންނަވަަނިކޮށެވެ. އެގޮތުން، ބޮޑުތަކުރުފާނު މަގުން އެމަނިކުފާނުގެ މޮޓޯކޭޑު ދަތުރުކުރަނިކޮށް އެ ސަރަހައްދުގައި އޭރު މުޒާހަރާ ކުރަން ތިބި މީހުން އެމަނިކުފާނުގެ ކާރުކޮޅު ހުއްޓުވައި ހުރަސްއެޅިއެވެ.

ވީޑިއޯތަކުން ފެންނަ ގޮތުގައި އެމަނިކުފާނުގެ މޮޓޯކޭޑަށް ހުރަސް އަޅާފައިވަނީ ބޮޑުތަކުރުފާނު މަގުގައި ހުންނަ ޗީބޯ ރެސްޓޯރެންޓާ އަރާ ހަމަވާ ހިސާބުންނެވެ. އެމަނިކުފާނަށް އެ ސަރަހައްދުން ދަތުރުނުކުރެވިގެން މޮޓޯ ކޭޑު އަނބުރާލަން ޖެހުނު ކަމަށް މުޒާހަރާގެ ބައެއް ފަރާތްތަކުން ވަނީ ސޯޝަލް މީޑީއާގައި ބުނެފައެވެ.

Advertisement

މޮޓޯކޭޑަށް ހުރަސްއެޅުމާއެކު ފުލުހުންނާއި ސިފައިން މުޒާހަރާގެ ބައިވެރިން ހުއްޓުވަން މަސައްކަތް ކުރާ މަންޒަރު ވެސް ވީޑިއޯއިން ފެނެއެވެ.

މިކަމާ ގުޅޭގޮތުން މިހާތަނަށް އެއްވެސް އިދާރާއަކުން ރަސްމީ ޖަވާބެއް ދީފައި ނުވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް