ކ. މާލެ
|
20 މާރޗް 2023 | ހޯމަ 19:20
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ފުލުހުންގެ މާހެފުމުގައި ބައިވެރިވެވަޑައިގަންނަވަނީ
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ފުލުހުންގެ މާހެފުމުގައި ބައިވެރިވެވަޑައިގަންނަވަނީ
ރައީސް އޮފީސް
ފުލުހުންގެ މާހެފުން
ރަމަޟާން މަހު ބައެއް ފަރާތްތަކުންކުރާ ނޭދެވޭ އަމަލުތައް އިތުރުވެގެންދާނެތީ، އެކަމަށް ފުލުހުން ސަމާލުވުމަށް ރައީސް އިލްތިމާސްކުރައްވައިފި
އަމަންއަމާންކަން ގާއިމުކުރުމަށް މިހާރުވެސް ކުރަމުންދާ މަސައްކަތްތައް ފާހަގަކުރެއްވި
ގާނޫނާ އެއްގޮތަށް އަމަލުކުރުމުގައި ފަސްނުޖެހި މަސައްކަތްކުރުމަށް އިލްތިމާސްކުރެއްވި

ރަމަޟާން މަހަށް މަރުހަބާ ކިޔުމުގެ ގޮތުން ދިވެހި ފުލުހުންގެ ޚިދުމަތުން ބޭއްވި މާހެފުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ޝަރަފުވެރިކޮށްދެއްވައިފިއެވެ. 

ހަފުލާ ޝަރަފުވެރިކޮށްދެއްވައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ކުރިއަށް އޮތް ރަމަޟާން މަހުގެ ތަހުނިޔާ ފުލުހުންނަށާއި ފުލުހުންގެ އާއިލާތަކަށް ފޮނުއްވިއެވެ. އަދި ރަމަޟާންމަހު މަގުމައްޗަށް އަންނަ ހަލަބޮލިކަމާއި ބައެއް ފަރާތްތަކުންކުރާ ނޭދެވޭ ބައެއް އަމަލުތައް އިތުރުވެގެންދާ ވަގުތުތަކަށް ފުލުހުން އިތުރަށް ސަމާލުވުމަށް އިލްތިމާސްކުރެއްވިއެވެ.

އޭގެ އިތުރުން، މުޖުތަމައުގެ އަމަންއަމާންކަން ގާއިމުކުރުމަށް މިހާރުވެސް ކުރަމުންދާ މަސައްކަތްތައް ފާހަގަކުރައްވައި، ގާނޫނު ތަންފީޒުކޮށް ގާނޫނާ އެއްގޮތަށް އަމަލުކުރުމުގައި ފަސްނުޖެހި މަސައްކަތްކުރުމަށް އިލްތިމާސްކުރެއްވިއެވެ.

އިސްކަންދަރު ބިލްޑިންގގައި ބޭއްވި މާހެފުމުގައި ރައީސުލް ޖުމްހޫރިއްޔާގެ ދެކަނބަލުންނާއި، ނައިބު ރައީސް ފައިސަލް ނަސީމް، ކޮަމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އަލީ ރަޝީދު، ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަބްދުﷲ ނަޒީރު، ކޮމިޝަނަރ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދު ފުޅު، މިނިސްޓަރ އޮފް ފިނޭންސް އިބްރާހީމް އަމީރު، އިމިގްރޭޝަން ކޮންޓްރޯލަރ މުހައްމަދު އަހުމަދު ހުސައިން، ޕޮލިސް ބޯޑުގެ ޗެއަރ ރިޓަޔަރޑް އަހުމަދު ފަސީހް، އަދި ފުލުހުންގެ އެގްޒެކެޓިވް އޮފިސަރުންނާއި ކޮމިޝަންޑު އޮފިސަރުން ބައިވެރިވެވަޑައިގަތެވެ. އަދި ފުލުހުންގެ ޚިދުމަތުގެ ގިނަ އަދަދެއްގެ މުވައްޒަފުން ބައިވެރިވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް