ކ. މާލެ
|
19 މާރޗް 2023 | އާދީއްތަ 21:58
ޕޮލިސް ބޯޑު މެމްބަރު އާއިޝަތު ނޫރާ
ޕޮލިސް ބޯޑު މެމްބަރު އާއިޝަތު ނޫރާ
ރާއްޖެއެމްވީ
ޕީއާރްއައި ކޮންފަރެންސް
ޕީއާރްއައި ކޮންފަރެންސް: ރައްޔިތުންނާ ފުލުހުންނާ ދެމެދު ރަނގަޅު ނެޓްވޯރކެއް އުފައްދަން މަސައްކަތްކުރާނެ
މުޖުތަމައާ ގުޅުންހުރި މައްސަލަތައް ހައްލުކުރެވޭނީ ގިނަ ބަޔަކު އެކުވެގެން

ޕޮލިސް ރިސަރޗް އެންޑް އިނޮވޭޝަން ކޮންފަރެންސް (ޕީއާރްއައި)އިން ހާސިލްކުރަން ބޭނުންވާ މުހިންމު އެއް ނަތީޖާއަކީ ފުލުހުންނާ ރައްޔިތުންނާ ދެމެދު ރަނގަޅު ނެޓްވޯރކެއް އުފެއްދުން ކަމަށް، ޕޮލިސް ބޯޑު މެމްބަރު އާއިޝަތު ނޫރާ މުހައްމަދު ވިދާޅުވެއްޖެއެވެ.

ނޫރާ މިފަދައިން ވިދާޅުވީ މިހާރު ކުރިއަށްދާ ޕޮލިސް ރިސަރޗް އެންޑް އިނޮވޭޝަން ކޮންފަރެންސާ ގުޅޭގޮތުން ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމުގައި ބައިވެރިވެވަޑައިގެން ވާހަކަދައްކަވަމުންނެވެ. މިއީ 18 މާރޗުން 20 މާޗަށް ކުރިއަށްދާ ކޮންފަރެންސެކެވެ.

Advertisement

ނޫރާ ވިދާޅުވީ މި ކޮންފަރެންސުން ހާސިލްކުރަން ބޭނުންވާ އެއް ނަތީޖާއަކީ ފުލުހުންނާ ރައްޔިތުންނާ ދެމެދު މަޝްވަރާތައް ކުރެވޭނެފަދަ ރަނގަޅު ނެޓްވޯރކެއް އުފެއްދުން ކަމަށެވެ. އަދި މުޖުތަމައާ ގުޅުންހުރި މައްސަލަތަކަކީ ވަރަށް ގިނަ ބަޔަކު އެކުވެގެން ހައްލުކުރެވޭނެ މައްސަލަތައް ކަމަށެވެ. އެހެންކަމުން މި ކޮންފަރެންސްގެ ތެރެއިން ބަދަލުކުރެވޭ މައުލޫމާތުތަކުގެ އަލީގައި ކަންކަން އިސްލާހުކޮށް، ދިރާސާގެ އަލީގައި ގޮތް ނިންމޭ ކަހަލަ މާހައުލެއް އުފައްދަން މަސައްކަތް ކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އަޅުގަނޑު ދެކޭގޮތުގަ، މިނިސްޓްރީ އޮފް ހޯމް އެފެއަރޒަށް، ޚާއްސަކޮށް މިނިސްޓަރ ކަނޑައަޅުއްވަންޖެހޭ ސިޔާސަތުތަކަށް ވަރަށް ބޮޑު ފައިދާއެއް ލިބިގެންދާނެ. ސީދާ އެކަން ތަޖުރިބާކުރަމުންދާ ރައްޔިތުންގެ ފަރާތުން ލިބޭ މައުލޫމާތުގެ އަލީގަ، ފުލުހުންގެ ޚިދުމަތް އިތުރަށް ބައްޓަންކުރާނެ ގޮތުގެ ވަރަށް ތަފާތު ޕަރސްޕެކްޓިވްއެއް ލިބިގެންދާނެ.
ޕޮލިސް ބޯޑު މެމްބަރު އާއިޝަތު ނޫރާ

ތިން ދުވަހަށް ކުރިއަށްގެންދާ މި ކޮންފަރެންސް ކުރިއަށްދަނީ މައިގަނޑު ތިން ބަޔަކަށް ބަހާލެވިގެންނެވެ. އެގޮތުން ސަލާމާތާއި ރައްކާތެރިކަމާގުޅޭ ތަފާތު 10 ދާއިރާއިން ދިރާސާ ކަރުދާސް ހުށަހެޅުމާއި، މުޖުތަމައާ ގުޅިގެން ފުލުހުންގެ ޚިދުމަތް ދިނުމާއި، ކުށްކުރުން ހުއްޓުވުމަށް ކުރެވިދާނެ މަސައްކަތާ ގުޅޭގޮތުން މަޝްވަރާކުރުން ކުރިއަށްދާނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް