ކ. މާލެ
|
18 މާރޗް 2023 | ހޮނިހިރު 12:42
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހާއި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހާއި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް
ރައީސް އޮފީސް
ރިޔާސީ އިންތިޚާބު 2023
ކޯލިޝަން ހެދުމާ ގުޅޭގޮތުން އެމްއާރްއެމްއާ މާދަމާ ބައްދަލުކުރަނީ
ރިޔާސީ އިންތިޚާބާ ގުޅިގެން ރައީސް ސާލިހާ ބައްދަލުކުރަން ބޭނުންވާކަމަށް އެމްއާރްއެމުން މީގެ ކުރިންވެސް ބުނި

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)އާއެކު ކޯލިޝަން ހެދުމާ ގުޅޭގޮތުން، މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް)އިން މާދަމާ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހާ ބައްދަލުކުރައްވާނެކަން ރާއްޖެއެމްވީއަށް އެނގިއްޖެއެވެ.

ރާއްޖެއެމްވީއާ ވާހަކަދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު ވިދާޅުވީ، ރައީސް ސާލިހާއި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އާދިއްތަ ދުވަހު ބައްދަލުކުރައްވާނެ ކަމަށެވެ. އެހެންނަމަވެސް އިތުރު ތަފްސީލެއް ހާމައެއް ނުކުރައްވައެވެ.

ޝިފާއު ވިދާޅުވީ، ޖުމްހޫރީ ޕާޓީ (ޖޭޕީ)ން މި އަހަރުގެ ރިޔާސީ އިންތިޚާބުގައި ވަކިން ވާދަކުރަން ނިންމުމާ ގުޅިގެން ރައީސް އެމްޑީޕީގެ ސަރުކާރަށް ތާއީދުކުރައްވާ މަޖިލީސް މެންބަރުންނާއެކު ވެސް ބައްދަލުވުމެއް ބޭއްވެވިކަމަށެވެ. މި ބައްދަލުކުރެއްވުން ބާއްވަވާފައި ވަނީ ބުދަ ދުވަހު ހަވީރު މުލިއާގޭގައެވެ. ބައްދަލުކުރެއްވުމުގައި ރައްޔިތުންގެ މަޖިލީހުގެ 50 މެންބަރުން ބައިވެރިވެފައިވާކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ޝިފާއު އިތުރަށް ވިދާޅުވީ ރައީސް ސާލިހް އެ ބައްދަލުވުން ބޭއްވެވީ އެހެން ޕާޓީތަކުން އިންތިޚާބާމެދު ނިންމާ ނިންމުންތަކާއެކު ކުރިއަށް ދެވޭނެ ގޮތްތަކާއި، އިންތިޚާބުގެ ކެމްޕޭނާ ގުޅޭ ރޭވުންތައް ރާއްވަވަން ކަމަށެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިޚާބަށް އެކުގައި ނުކުތުމަށް އެދިވަޑައިގެން އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސުލްޖުމުހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހުގެ ފަރާތްޕުޅުން ވެރިކަން ކުރާ ކޯލިޝަންގެ ލީޑަރުންނަށް މިމަހުގެ 19 ވަނަ ދުވަހު ވަނީ ސިޓީއެއް ފޮނުއްވާފައެވެ. ރައީސްގެ ސިޓީގައި ވަނީ، މިއަހަރު އޮންނަ ރިޔާސީ އިންތިޚާބަށްވެސް ކޯލިޝަނެއް ހަދައި އެކުގައި ނުކުތުމުގެ ދައުވަތު ކޯލިޝަން ލީޑަރުންނަށް ދެއްވާފައެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ޖުމްހޫރީ ޕާޓީ (ޖޭޕީ)ން ވަކިން ވާދަކުރުމަށް ވަނީ ނިންމާފައެވެ. ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި މޯލްޑިވިއަން ޑިވެލޮޕްމެންޓް އެލަޔަންސް (އެމްޑީއޭ)އާއި އަދާލަތު ޕާޓީން ވަނީ ރައީސަށް ތާއީދުކޮށް، އެމްޑީޕީއާއެކު ކޯލިޝަނުން ހެދުމަށް ނިންމާފައެވެ.

Advertisement

Advertisement
- ކޮމެންޓް