ކ. މާލެ
|
18 މާރޗް 2023 | ހޮނިހިރު 12:30
ޕޮލިސް ރިސަރޗް އެންޑް އިނޮވޭޝަން ކޮންފަރެންސްގެ ތެރެއިން
ޕޮލިސް ރިސަރޗް އެންޑް އިނޮވޭޝަން ކޮންފަރެންސްގެ ތެރެއިން
ރާއްޖެ އެމްވީ
ޕޮލިސް ރިސަރޗް އެންޑް އިނޮވޭޝަން ކޮންފަރެންސް
ޕޮލިސް ރިސަރޗް އެންޑް އިނޮވޭޝަން ކޮންފަރެންސް ފަށައިފި
ކޮންފަރެންސް ތިން ދުވަހަށް ދެމިގެންދާނެ
ތަޖުރިބާކާރުންގެ މެދުގައި ގުޅުން ބަދަހިކުރުމަކީވެސް މިކޮންފަރެންސްގެ މުހިންމު އެއް މަގުސަދު
މި ކޮންފަރެންސް ކުރިއަށްދާނީ މައިގަނޑު ތިން ބަޔަކަށް ބަހާލެވިގެން

ޕޮލިސް ރިސަރޗް އެންޑް އިނޮވޭޝަން ކޮންފަރެންސް (ޕީއާރްއައި) ފަށައިފިއެވެ.

ހޮނިހިރު ދުވަހު ދަރުބާރުގޭގައި ފެށި މިކޮންފަރެންސަކީ ފުލުހުންގެ މަސައްކަތާގުޅޭ މުހިންމު މައުލޫމާތުތައް ހޯދައި އެ މައުލޫމާތުތަކުގެ އަލީގައި ފުލުހުންގެ މުއައްސަސާއިން ދެމުން ގެންދާ ޚިދުމަތް ހަރުދަނާކުރެވޭނެ މަގެއް ހޯދުމުގެގޮތުން، ޕޮލިސް ބޯޑާއި މިނިސްޓްރީ އޮފް ހޯމް އެފެއަރޒާއި އަދި ދިވެހި ފުލުހުންގެ ޚިދުމަތް ގުޅިގެން ކުރިއަށް ގެންދާ ކޮންފަރެންސެކެވެ.

Advertisement

މި ކޮންފަރެންސްގައި ގާނޫނު ތަންފީޒުކުރާ އިދާރާތަކާއި ޔުނިވަރސިޓީ އަދި ކޮލެޖްތަކާއި މަދަނީ ޖަމްއިއްޔާ ޖަމާއަތްތަކާއި އަދި އަމިއްލަ ފަރުދުންގެ ފަރާތްތަކުން، ސަލާމާތާއި ރައްކާތެރިކަމުގެ ދާއިރާއިން ކުރާ ދިރާސާތައް ހުށަހެޅުމުގެ ފުރުސަތު ފަހިކޮށްދޭނެއެވެ. އަދި ފުލުހުންނާގުޅޭ އެކި ދާއިރާތަކުން މަޝްވަރާކުރުމަށް، ސިޔާސަތު ކަނޑައަޅާ އިސްފަރާތްތަކާއި މަދަނީ ޖަމާއަތްތަކާއި ސަލާމާތާއި ރައްކާތެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ އަދި މަސައްކަތްކޮށްފައިވާ ތަޖުރިބާކާރުންގެ މެދުގައި ގުޅުން ބަދަހިކުރުމަކީވެސް މި ކޮންފަރެންސްގެ މުހިންމު އެއް މަގުސަދެވެ.

ތިން ދުވަހަށް ކުރިއަށްގެންދާ މި ކޮންފަރެންސް ކުރިއަށްދާނީ މައިގަނޑު ތިން ބަޔަކަށް ބަހާލެވިގެންނެވެ. އެގޮތުން ސަލާމާތާއި ރައްކާތެރިކަމާގުޅޭ ތަފާތު 10 ދާއިރާއިން ދިރާސާ ކަރުދާސް ހުށަހެޅުން ހޮނިހިރު ދުވަހު ކުރިއަށްދާނެއެވެ. އެއަށްފަހު މުޖުތަމައާ ގުޅިގެން ފުލުހުންގެ ޚިދުމަތް ދިނުމާއި ކުށްކުރުން ހުއްޓުވުމަށް ކުރެވިދާނެ މަސައްކަތާ ގުޅޭގޮތުން މަޝްވަރާކުރުން، ދެވަނަ ދުވަހާއި ތިންވަނަ ދުވަހު ކުރިއަށްދާނެއެވެ. އަދި ސަލާމާތާއި ރައްކާތެރިކަމާގުޅޭ ތަކެއްޗާއި ޚިދުމަތާއި ތަމްރީން ދިނުމުގައި ހަރަކާތްތެރިވާ ފަރާތްތަކަށް، އެފަރާތްތަކުގެ ޚިދުމަތް އާއްމު ރައްޔިތުންނާ ހިއްސާ ކުރެވޭނެ ފަސޭހަ މަގެއް ހޯދައި ދިނުމަށް ޚާއްޞަ އެކްސްޕޯއެއް މި ކޮންފަރެންސާއެކު ކުރިއަށްދާނެއެވެ. މި އެކްޕޯއިން، މިދާއިރާގައި ހުރި ވަޒީފާގެ ފުރުސަތުގެ މައުލޫމާތު ލިބޭނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް