ކ. މާލެ
|
4 ޖުލައި 2017 | އަންގާރަ 14:01
ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ
ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ
މުހައްމަދު ޝަރުހާން
ޑރ. ޝައިނީ
މިނިސްޓަރު ޝައިނީގެ މައްޗަށް 11 އަހަރުގެ ހުކުމެއް އަންނަވަރުގެ ދައުވާއެއް ކުރެވިދާނެ: ސޫދު
ކޯޓްތަކުގެ ފަނޑިޔާރުންނަށް މިނިސްޓަރު ޝައިނީ ނުފޫޒް ފޯރުވާ ކަމުގެ ތުހުމަތު ކުރޭ
އިދިކޮޅު ފަރާތްތަކާ ގުޅޭ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ މައްޗަށް ދައުވާ އުފުލުމަށް ޝައިނީ ބާރު އަޅުއްވާ ކަމަށް ތުހުމަތު ކުރޭ
މި ތުހުމަތުތައް މިނިސްޓަރު ޝައިނީ ދޮގުކުރައްވާ

ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީގެ މައްޗަށް 11 އަހަރުގެ ހކުމެއް އަންނަވަރުގެ ދައުވާއެއް ކުރެވިދާނެ ކަމަށް ކުރީގެ ބަންޑާރަ ނައިބު އަދި މަޝްހޫރު ގާނޫނީ ވަކީލް ހުސްނު ސުއޫދު ވިދާޅުވެއްޖެއެވެ.

ސޫދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މަގާމުގެ ނުފޫޒް ބޭނުންކުރާ ކަމުގެ ދައުވާ ޑރ. ޝައިނީގެ މައްޗަށް އުފުލިދާނެ ކަމަށެވެ. އަދި އެފަދަ ދައުވާއެއް ޑރ. ޝައިނީގެ މައްޗަށް ސާބިތުވެއްޖެ ނަމަ އަދަބެއްގެ ގޮތުގައި އަންނާނީ 11 އަހަރާއި އަށް މަސް ދުވަހުގެ ހުކުމެއް ކަމަށް ސުއޫދު ވިދާޅުވިއެވެ.

ރާއްޖެއެމްވީ އަށް މައުލޫމާތު ދެއްވަމުން ސުއޫދު ވިދާޅުވީ އެގޮތަށް ޓްވީޓް ކުރެއްވީ މިނިސްޓަރު ޝައިނީ މަގާމުގެ ނުފޫޒް ބޭނުން ކުރައްވާ ކަމުގެ ތުހުމަތު ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން ޑރ. ޝައިނީގެ މައްޗަށް ކުރައްވާތީ ކަމަށެވެ. އެގޮތުން ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފް އެފަދަ ގޮތަކަށް ޓްވީޓް ކުރައްވާފައިވާކަން ސުއޫދު ފާހަގަ ކުރެއްވިއެވެ.

ޑރ. ޝައިނީއާ ގުޅޭ ގޮތުން މަހުލޫފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ފިޝަރީޒް މިނިސްޓަރު  ޝައިނީ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުލް ބާރީ ޔޫސުފްއާ ބައްދަލު ކުރައްވާ ކަމަށެވެ.

އެގޮތުން ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު އަރީފް ބެއްލެވުމުގެ ދަށުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ މައްސަލަތައް ކުރިއަށް ގެންދާ ކަމަށް މަހްލޫފް ވަނީ ތުހުމަތު ކުރައްވާފައެވެ. ނަމަވެސް މި ތުހުމަތުތައް މިނިސްޓަރު ޝައިނީ ދޮގުކުރައްވައެވެ.

- ކޮމެންޓް
5 ޖުލައި 2017 | ބުދަ 00:17
އަލީ
މިނިސްޓަރ ޝައިނީ އަކީ ސަރުކާރުން ރައްޔަތުންނަށް ދޭންޖެހޭ ހިދުމަތެއް ރާވާ ހިންގަވާ ވަޒީރެއް. އެބޭފުޅާ ކޮން ހައިސިއްޔަތަކުންތޯއޭ މަޖިލީހުގެ އިއްޒަތްތެރި މެމްބަރުން އޮޅުވާލަނިއްޔޭ ބުނެ ތުހުމަތު އެޅުވޭނީ. މަޖިލީހުގެ މެމްބަރުންނަނީ ޤާނޫން ހެދުމާ އަދި ރައްޔަތުންނަށް ފައިދާ ހުރި ކަންކަން ހިނގާތޯ ޔަޤީންކުރުމަށް ވަޒީންރުންނަށް ރުހުން ދިނުމާއެކު ސުވާލުކުރުމުގެ ހައިސިއްޔަތު ލިބިދީފައިވާ ރައްޔަތުން ތަމްސީލުކުރާ ބޭފުޅުން. ޢ.މ އިލްހާމް ވިޔަސް އަދި ރައީސް މައުމޫން ވިޔަސް އަދި ރެޑް ޢ.މ އޭދަފުށި ދާއިރާ ސަލީމް ވިޔަސް ހަނދުމަފުޅުކޮށްދޭންޖެހޭ އެބަ ކެބިނެޓް މިނިސްޓަރުންގެ ހައިސިއްޔަތަކީ ކޮބައިކަން