Advertisement
ކ. މާލެ
|
4 ޖުލައި 2017 | އަންގާރަ 12:42
މެންބަރު އަހްމަދު ރަޝީދު ސޮއި ކުރާކަމަށް މަންޒަރު ފެންނަ ފޮޓޯ
މެންބަރު އަހްމަދު ރަޝީދު ސޮއި ކުރާކަމަށް މަންޒަރު ފެންނަ ފޮޓޯ
ޓްވިޓަރ
މެންބަރު އަހްމަދު ރަޝީދު
މެންބަރު އަހްމަދު ރަޝީދުގެ އަމިއްލަ ޝަކުވާތަކެއް ފުލުހުން ބަލަނީ!
އަހްމަދު ރަޝީދުގެ ސޮއި ފޯޖު ކުރުމުގެ މައްސަލައެއް ނުބަލާ

އިސްދޫ ދައިރާގެ މެންބަރު އަހްމަދު ރަޝީދުގެ ސޮއި ވަރަށް ކުރި ކަމަށް ބުނާ މައްސަލަ  ހުށަހެޅިފައިވާ ނުވާ ކަމަށާއި އެހެން ނަމަވެސް އޭނާގެ އަމިއްލަ ކަމަކާ ގުޅޭ ޝަކުވާތަކެއް ފުލުހުންނަށް  ހުށަހަޅާފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

އެ ޝަކުވާތަށް ފުލުހުން އަންނަނީ ބަލަމުންނެވެ. އެހެން ނަމަވެސް މިކަމާ ގުޅޭ އިތުުރު އެއްވެސް ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެ އެވެ.

ގުޅިފައިވާ ޕާޓީތަކުން އިސްވެ އޮވެ، މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި މަޖިލީހަށް ހުށަހެޅި ސިޓީގައި ހިމެނޭ 45 މެންބަރުން ސޮއިކުރި ލިސްޓުގައި އަހްމަދު ރަޝީދުގެ ސޮއި ވެސް ހިމެނެ އެވެ. އެހެން ނަމަވެސް އިދިކޮޅު ފަރާތްތަކުން އޭނާގެ ސޮއި ފޯޖު ކުރި ކަމަށް ޕީޕީއެމްގެ ފާލިމެންޓްރީ ގްރޫޕުން ވަނީ ތުހުމަތުކޮށްފަ އެވެ.

މިގޮތަށް ސޯޝަލް މީޑިއާގައި ޕީޕީއެމްގެ ޕާލިމެންޓްރީގެ ގްރޫޕްގެ ލީޑަރު ވިލިމާލެ ދާއިރާގެ މެންބަރު އަހްމަދު ނިހާނު ހުސަައިން މަނިކު ވިދާޅުވުމުން، އަހްމަދު ރަޝީދު ސޮއިކުރާ މަންޒަރު ކަމަށް ބުނެ ފޮޓޯއެއްވެސް ވަނީ އާއްމުވެފަ އެވެ.

 މި މައްސަލައިގައި އަހްމަދު ރަޝީދު ވަނީ އޭނާގެ ސޮއި ވަގަށް ނެގި މައްސަލަ ބަލައިދޭން މަޖިލީހުގައި އޭނާ އެދިވަޑާއިގެންފަ އެވެ.

 މިކަމާ ގުޅިގެން ދިއްގަރު ދައިރާގެ މެންބަރު ފާރިސް މައުމޫން ވިދާޅުވީ، މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލަަ ޖަލީހަށް ހުށަހެޅި ލިސްޓުގައި ސައްހަ ނޫން ސޮޔެއް ނޯންނާނެ ކަމަށެވެ.

ހޯމަދުވަހުގެ ރޭ ކުނޫޒް ޖަލްސާގައި ވާހަކަދައްކަަވަމުން، ރައިސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވީ، މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި ސޮއި ކުރެއްވުމަށްފަހު ސޮއި ނުކުރައްވާ ކަމަށް މެންބަރަކު ވިދާޅުވީ ކުރިމަތިވެދާނެ ނުރައްކަލަށް ބިރުން ކަމަށާއި އެހެން ކަމުން އެ މެންބަރަށް ސޮއިކުރެއްވުމަށް ފަހު ސޮއި ނުކުރާ ކަމަށް ވިދާޅުވާން މަޖުބޫރުވީ ކަމަށެވެ. ބިރުވެރިކަމަކީ ބޭނުންވާކަމެއް ނޫން ކަމަށާއި މި ގައުމަށް ބޭނުންވަނީ މިނިވަންކަން ކަމަށްވެސް މައުމޫން ވިދާޅުވި އެވެ.

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް