Advertisement
ކ. މާލެ
|
4 ޖުލައި 2017 | އަންގާރަ 12:14
ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް:-އޭނާގެ މައްޗަށް އުފުލި ދައުވާގެ ޝަރީއަތުގެ ފުރަތަމަ މަރުހަލާ ވަނީ ފަށާފަ
ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް:-އޭނާގެ މައްޗަށް އުފުލި ދައުވާގެ ޝަރީއަތުގެ ފުރަތަމަ މަރުހަލާ ވަނީ ފަށާފަ
ރާއްޖެ އެމްވީ
އަޙުމަދު ފާރިސް މައުމޫން
ފާރިސްގެ މައްޗަށް އުފުލި ދައުވާގެ ލިޔެކިއުންތައް ބަދަލުކޮށްފި
ފާރިސްގެ ޝަރީއަތް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ފަށާނެ ކަމަށް ބެލެވޭ

އިދިކޮޅު ސިޔާސީ ހަރަކާތުގައި އިސް ދައުރެއް އަދާކުރައްވާ، ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު، އަދި ކުރީގެ ރައީސުލްޖުމްހޫރިއްޔާ މައުމޫން ޢަބްދުލްޤައްޔޫމްގެ ދަރިކަލުން، އަޙުމަދު ފާރިސް މައުމޫންގެ މައްޗަށް ދައުވާ އުފުލާއިފައިވާ ދައުވާގެ ލިޔުންކިޔުންތައް އޭނާއަށް ކޯޓުން ހަވާލުކޮށްފި އެވެ. 

 

ފާރިސް މައްޗަށް އުފުލާފައިވަނީ ސަހްސު އޮޅުވާލުމުގެ ދައުވާ އެވެ. މި ދައުވާއާ ގުޅިގެން އަންގާރަ ދުވަހު ހެނދުނު ފާރިސްގެ ވަނީ ކޯޓަށް ހާޒިރުކޮށްފައެވެ.

ފާރިސްގެ ގާނޫނީ ވަކީލް މައުމޫނު ހަމީދު ވިދާޅުވީ މައްސަލައާ ގުޅުންހުރި ލިޔުންތައް ކޯޓުން ހަވާލު ކޮށްފައި ވަނީ ޖިނާއީ އިޖްރާއަތުގެ ދަށުން ކަމަށެވެ. އަދި ރާއްޖެޓީވީއަށް މައުލޫމާތު ދެއްވަމުން އޭނާ ވިދާޅުވީ ދެން އޮންނާނީ މައްސަލައާ ގުޅިގެން ބާއްވާ އިބްތިދާއީ ބައްދަލުވުން ކަމަށެވެ. އަދި އޭގެ ފަހުން ޝަރީއަތް ކުރިއަށް ގެންދަން ފެންނަ ކަމަށް ކޯޓަށް ގަބޫލު ކުރެވޭނެ ނަމަ އޮންނާނީ ތާވަލްކޮށްގެން ބާއްވާ ޝަރީއަތުގެ އަޑުއެހުންތައްކަން އޭނާ ފާހަގަ ކުރެއްވި އެވެ. 

 

މިގޮތައް އަމަލު ކުރަމުންދަނީ މި ހަފްތާގައި އަމަލު ކުރަން ފެށި ޖިނާއީ އިޖްރާއަތުގެ ގާނޫނުގައި އެގޮތަށް ލާޒިމް ކޮށްފައިވާތީ އެވެ. މީގެ ކުރިން ޖިނާއީ މައްސަލައެއްގައި ދައުވާ ކުރުމުން އެ މައްސަލަ ބަލައިގަތުމުން އޮންނާނި މައްސަލާގެ ފުރަތަަމަ އަޑުއެހުމެވެ. އަދި ދައުވާ އިއްވުމަށްފަހު މައްސަލާގެ ލިޔެކިއުންތައް މައްސަލަ ރައްދުވާ ފަރާތައް ހަވާލު ކުރެވޭނެ އެވެ. އަދި މައްސލަ ކުރިއަށް ގެންދާނެ ގޮތުގެ ތާވަލެއް އެކުލަވާލެވޭނެއެވެ.

ފާރިސްގެ މައްޗަށް ޖިނާއީ އުފުުލާފައި މި ވަނީ ގާނޫނާ ހިލާފަށް ޕީޕީއެމްގެ ދިދަ ބޭނުންކުރި ކަމަށް ބުނާ  މައްސަލއެެެއްގަ އެެވެ. ނަމަވެސް މި މައްސަލައާއި ގުޅިގެން ފާރިސް ވިދާޅުވެފައިވަނީ، ޕީޕީއެމްގެ ދިދަ އާއި ލޯގޯ އެއްވެސް އިރެއްގައި އެޕާޓީގެ އަސާސީ ގަވައިދާ ޚިލާފަށް ބޭނުންކުރައްވާފައި ނުވާނެ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް