ކ. މާލެ
|
15 މާރޗް 2023 | ބުދަ 14:37
ރައީސްގެ ދެކަނބަލުން (ކ) އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ (ވ)
ރައީސްގެ ދެކަނބަލުން (ކ) އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ (ވ)
ރައީސް އޮފީސް
ރިޔާސީ ރޭސް 2023
ވަރަށް ހިސާބު ޖަހައިފިން، ދެވަނަ ދައުރެއް ރައީސް ކާމިޔާބު ކުރައްވާނެ - އިމްރާން
51.2 އިންސައްތައަށްވުރެ މަތިން ކާމިޔާބު ކުރައްވާނެ
ހިތްވަރާއެކު މަސައްކަތްކުރައްވައިފިނަމަ ކާމިޔާބު ކުރެވޭނެ
ޖޭޕީން ވަކިން ވާދަކުރުމަށް ވަނީ ނިންމާފައި

ވަރަށް ހިސާބު ޖައްސަވައިފި ކަމަށާއި، މާތްﷲ އިރާދުކުރެއްވިއްޔާ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިޙު ދެވަނަ ދައުރެއް ކާމިޔާބު ކުރައްވާނެކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިފަދައިން ވިދާޅުވެފައިވަނި، ރައީސް އިބްރާހީމް މުހައްމަދު ޞާލިހުގެ ސަރުކާރުގައި ހިމެނޭ ޖުމްހޫރީ ޕާޓީން ވަކިން ރިޔާސީ އިންތިޚާބުގައި ނުކުންނަން ނިންމާފައިވަނިކޮށެވެ.

ހޯމް މިނިސްޓަރު އިމްރާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ވަރަށް ހިސާބު ޖައްސަވައިފި ކަމަށެވެ. މާތްﷲ އިރާދަކުރެއްވިއްޔާ އެމްޑީޕީއާއި، އަދާލަތު އަދި އެމްޑީއޭ އެކުގައި ރައީސް ޞާލިހު ދެވަނަ ދައުރަކަށް ހޮވުމަށް ހިތްވަރާއެކު މަސައްކަތްކުރައްވައިފިނަމަ، 9 ސެޕްޓެމްބަރު 2023 ގައި ނަގާ ވޯޓުން 51.2 އިންސައްތައަށްވުރެ މަތިން ކާމިޔާބު ކުރައްވާނެ ކަަމަށެވެ.

މިހާރު އޮތް އެމްޑީޕީގެ ކޯލިޝަން ސަރުކާރުގައި ހިމެނެނީ އަދާލަތުގެ އިތުރުން ޖުމްހޫރީ ޕާޓީ އަދި އެމްއާރުއެމްއެވެ. މިހާތަނަށް ކޯލިޝަންގެ ބައިވެރިންގެ ތެރެއިން ރައީސް ޞާލިހާއެކު ދެވަނަ ދައުރުގައި ކޯލިޝަން ހައްދަވާނެކަން ހާމަކުރައްވާފައިވަނީ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ނިސްބަތްވެވަޑައިގަންނަވާ އަދާލަތު ޕާޓީންނެވެ.

މީގެ އިތުރުން ރައީސް ޞާލިހާއެކު ކޯލިޝަން ހަދާނެކަމަށް މޯލްޑިވްސް ޑިވަލަޕްމަންޓް އެލަޔަންސް (އެމްޑީއޭ) އިން ވަނީ ހާމަކޮށްފައެވެ. ރިޔާސީ އިންތިހާބުގައި ކުރިއަށްދާނެ ގޮތަކާމެދު ރައީސް މައުމޫންގެ އެމްއާރުއެމް އިން އަދި ގޮތެއް ނުނިންމަވައެވެ.

ރިޔާސީ އިންތިޚާބުގައި ޖުމްހޫރީ ޕާޓީން ވަކިން ވާދަ ކުރުމަށް އެ ޕާޓީން ވަނީ އަންގާރަ ދުވަހު ނިންމާފައެވެ. އަދި އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓަކީ މާމިގިލި ދާއިރާގެ މެންބަރު އަދި ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްއެވެ.

Advertisement

Advertisement
- ކޮމެންޓް